World Featured

ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީންގެ ރައްޔިތުން ތަހައްމަލުކުރާ ހިތްދަތި ދުވަސްތައް

Advertisement
ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީންގެ ރައްޔިތުން ތަހައްމަލުކުރާ  ހިތްދަތި ދުވަސްތައް
ތަފްޞީލް

ފަލަސްތީނުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ލިބެމުންދާ އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މެދުނުކެނޑި ތިން އަހަރަށްވުރެ ގިނަދުވަހު ދޭންފެށި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ހާލަތު އޮތީ ނުހަނު ނުރައްކާތެރި ފެންވަރެއްގައެވެ.


އދ.އާއި ބައިނަލްއަގުވާމީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޣައްޒާގެ އާބާދީގެ ބޮޑުބައި ވަނީ ގެދޮރު ގެއްލިގެން ގޮސްފައެވެ. އަދި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އިންސާނީ އެހީ ފޯރުކޮށް ދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. 


މީގެއިތުރުން ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތަކުންނާއި އިސްރާއީލް ސިފައިން ހިންގާ ހަރަކާތްތައް އިތުރުވެ ފަލަސްތީނު އާއިލާތަކަށް މަޖުބޫރުން ގެދޮރު ދޫކޮށް ދާންޖެހޭ މައްސަލަތައް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ.



ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުތައް ހޯދައި ދިނުމަށް ދުނިޔޭގެ ގައުމުތަކުންނާއި އދ ގައި އަޑުއުފުލުންތައް ކުރިއަށް ދެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް