Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Business Featured

ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އެންމެފަހުން އުވާލައި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި

ޓުއަރ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އެންމެފަހުން އުވާލައި ޖީއެސްޓީ ބޮޑުކުރަން ނިންމައިފި
ތަފްޞީލް

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލައި، ޖީއެސްޓީން ނަގާ އާމްދަނީ 1.5 މިލިއަން ރުފިޔާއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ އަންނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.


ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި އޮތް ޖީއެސްޓީ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.


މެންބަރު ނިޒާރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، 12 މަސްދުވަހުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އޮތް އޮތުން 1.5 މިލިއަން ރުފިޔާއަށް ބަދަލުވާނެއެވެ.


އަދި މިހާރު އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ޖީއެސްޓީ ދައްކަންޖެހޭ އުސޫލަށް އަމަލުކުރާނީ މިއަހަރުގެ ނިޔަލަށް ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.


މީގެއިތުރުން މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަސްތެރޭ މުދަލާއި ހިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ މަދުވާނަމަ ނުވަތަ ކުރިއަށް އޮތް 12 މަހު އެ އަދަދަށް ވުރެ މަދުވާނެ ކަމަށް އަންދާޒާ ކުރެވޭނަމަ، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭނެ ގޮތް ހެދުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.


ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރައްވައި ކޮމިޓީ މެންބަރުންގެ އިއްތިފާގުން މި އިސްލާހުތައް ބިލަށް ގެންނަން ވަނީ ފާސްކޮށްފައެވެ.


އެއާއެކު ކޮމިޓީން ގެނައި އިސްލާހުތަކާއެކު މުޅި ބިލު ފާސްކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ހުށަހެޅުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއީދުކުރައްވައިފައެވެ. އަދި ކޮމިޓީގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފައެވެ.


ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު ރައީސް މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ. އެއަށްފަހު މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުލަރަން ފެށުމާއެކު ޓުއާ އޮޕަރޭޓަރުންނާއި ކަމާ ގުޅުންހުރި ޖަމިއްޔާތަކުން އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުން ދިއުމާގުޅިގެން މި ގާނޫނު އުވާލަން ސަރުކާރަށް މަޖުބޫރުވީއެވެ.


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all