މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުރީގެއަގަށް ގޭސް ގަންނަނަށް ލިބޭނެ
މާދަމާ އިން ފެށިގެން ކައްކާގޭސް އަޅައިދޭ މިންވަރަށް، ގެނައި ބަދަލު އިއާދަ ކުރެވޭނެ ކަމަށް މޯލްޑިވްސް ގޭސް އިން މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، މި ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކުރުމަށް ނިންމީ ނޮވެމްބަރު 4 ގައެވެ. މި ނިންމުމާ އެއްގޮތަށް ނޮވެމްބަރު ހަތަކުން އިން ފެށިގެން އަމަލުކުރަމުން ދިޔައެވެ.
މޯލްޑިވް ގޭސް އިން މިއަދު ވިދާޅުވީ، މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ ކަމަށެވެ. އަދި އެލްޕީޖީ ގޭސް ސަޕްލައި އަށް ދިމާވި މައްސަލަ މިވަގުތަށް ހައްލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"މޯލްޑިވް ގޭސްއިން އަބަދުވެެސް މަސައްކަތް ކުރަމުންދާނީ ވީހާވެސް ލުއި ފަސޭހަކޮށް ކަސްޓަމަރުން ހިދުމަތް ފޯރުކޮށްދިނުމަށް،". މޯލްޑިވް ގޭސް އިން ވިދާޅުވިއެވެ.