Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު އަތުން ރާއްޖެ ބަލިވެއްޖެ!

ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު އަތުން ރާއްޖެ ބަލިވެއްޖެ!
Photo: Sidibari
ތަފްޞީލް

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނޭޝަނަލް ސްޓޭޑިއަމްގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް (SAFF Championship) ގްރޫޕް ބީގެ ފުރަތަމަ މެޗުގައި، ޕާކިސްތާނު އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.


މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ މެޗުގެ ނަތީޖާ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ. މެޗުގެ 4 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕާކިސްތާނަށް މެކީލް އަބްދުﷲ ލީޑު ނަގައިދިންއިރު، އޭގެ ފަހުން ނަޖީބުﷲ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި 3-0 އަށް ނަތީޖާ ބަދަލުކޮށްފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ޕާކިސްތާނު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.


ކޯޗުގެ ކަންބޮޑުވުންތަކާއި ވީއޭއާރް (VAR) ގެ ޝަކުވާ

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު އިސްތުވާން އުރުބާނީ ވަނީ މެޗުގެ ރެފްރީކަމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން މާާޅުކޮށްފައެވެ.


"އަހަރެންގެ ނަޒަރުގައި ޕާކިސްތާނުން ޖެހި ތިންވަނަ ލަނޑަކީ ޖޯކެއް. އެއީ ސަރީހަ ފައުލެއް ނަމަވެސް ރެފްރީ ފައުލް ނުދިނީ. ސާފް މުބާރާތުގައި ވީއޭއާރް (VAR) ބޭނުންނުކުރާ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ," އުރުބާނީ ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މުބާރާތަށް ތައްޔާރުވުމަށް ލިބުނު ތައްޔާރީ ވަގުތު ކުޑަވުމާއި، ކުޅުންތެރިންގެ އާއިލާތަކުގެ ފަރާތުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފޯމުގައި ކުޅެމުންދިޔަ މުހިންމު ކުޅުންތެރިން ކަމަށްވާ ޙަސަން ، ލޫޠު ، އީތަން ، އައިހަމް އަދި ޙަމްދާން ފަދަ ކުޅުންތެރިން ބެންޗުގައި ބޭއްވުމަށްފަހު މެޗުގައި ބޭނުންނުކުރުމުން ގިނަ ދިވެހި ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ކޯޗަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.


ރާއްޖޭގެ ފަހު 10 މެޗުގެ ނަތީޖާއާއި ކޯޗުގެ ރެކޯޑު

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފާއިތުވި 10 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ:

  • 08 ނޮވެމްބަރު 2026 (ސާފް ޗެމްޕިއަންޝިޕް): ޕާކިސްތާނު އަތުން 3-0 އިން ބަލިވި
  • 01 އޮކްޓޯބަރު 2026 (އެކުވެރިކަމުގެ މެޗު): ލެބަނަން އަތުން 6-0 އިން ބަލިވި
  • 28 ސެޕްޓެމްބަރު 2026 (އެކުވެރިކަމުގެ މެޗު): ކިރްގިޒިސްތާން އަތުން 5-0 އިން ބަލިވި
  • 24 ސެޕްޓެމްބަރު 2026 (އެކުވެރިކަމުގެ މެޗު): ޗައިނާ އަތުން 3-0 އިން ބަލިވި
  • 07 ޖޫން 2026 (އެކުވެރިކަމުގެ މެޗު): ބަންގްލަދޭޝް U-23 އާ 1-1 އިން އެއްވަރުވި
  • 04 ޖޫން 2026 (އެކުވެރިކަމުގެ މެޗު): ޕާކިސްތާނު އަތުން 3-0 އިން ބަލިވި
  • 01 ޖޫން 2026 (އެކުވެރިކަމުގެ މެޗު): އަފްޣާނިސްތާން އަތުން 1-0 އިން ބަލިވި
  • 31 މާރިޗު 2026 (އޭޝިއަން ކަޕް ކޮލިފައިންގ): އީސްޓް ޓިމޯރު އަތުން 2-1 އިން މޮޅުވި
  • 18 ނޮވެމްބަރު 2025 (އޭޝިއަން ކަޕް ކޮލިފައިންގ): ފިލިޕީންސް އަތުން 2-0 އިން ބަލިވި
  • 09 ސެޕްޓެމްބަރު 2025 (އެކުވެރިކަމުގެ މެޗު): ސްރީ ލަންކާއާ 1-1 އިން އެއްވަރުވި


ކޯޗު އިސްތުވާން އުރުބާނީގެ ރެކޯޑު (2026):

  • ޖުމްލަ މެޗު: 8
  • މޮޅުވި: 1 (އީސްޓް ޓިމޯރު އަތުން 2-1)
  • އެއްވަރުވި: 1 (ބަންގްލަދޭޝް U-23 ޓީމާ 1-1)
  • ބަލިވި: 6
  • ޖެހި ލަނޑު: 3 | ވަން ލަނޑު: 23


ކުރިއަށް އޮތް ގްރޫޕް މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިންޑިއާއާއެވެ. ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓަން ރާއްޖެއަށް ކުރިއަށް އޮތް މެޗުން ބޮޑު ނަތީޖާއަކުން މޮޅުވުން މަޖުބޫރެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all