Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ސޯމާލިއާ ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ މަސްބޯޓެއް އިންޑިޔާގެ ނޭވީން ސަލާމަތްކޮށްފި

ސޯމާލިއާ ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ މަސްބޯޓެއް  އިންޑިޔާގެ ނޭވީން ސަލާމަތްކޮށްފި
ފޮޓޯ: އިންޑިޔާ ނޭވީ
ތަފްޞީލް

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކުރި އީރާނުގެ މަސް ބޯޓެއް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އަތުލައިގަނެ، އެ ބޯޓުގައި ތިބި 20 ފަޅުވެރިން ސަލާމަތްކޮށްފިއެވެ.


އަރަބި ކަނޑުގެ ސަރަހައްދުގައި 48 ގަޑިއިރަށް ދިގު ދެމިގެންދިޔަ މި އޮޕަރޭޝަނަކީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގެ ސަލާމަތަށްޓަކައި ހިންގުނު މުހިންމު އޮޕަރޭޝަނެކެވެ.


މި ހާދިސާ ހިނގާފައިވަނީ ސޯމާލިއާގެ އައްސޭރި ކައިރީގައި އޮންނަ ބަނދަރު ބެއިލާ އާއި ހާފިންއާ ދެމެދުގެ ސަރަޙައްދެއްގައެވެ. ކަނޑުފޭރޭ މީހުންގެ އަމާޒަކަށްވެފައި އޮތީ މި ބޯޓު އަތުލައިގަނެ، ބައިނަލްއަޤްވާމީ ކަނޑުގެ މަގުތަކުގައި ދަތުރުކުރާ އުޅަނދުތަކަށް ޙަމަލާދިނުމަށް ބޭނުންކުރާ ބަރު ހަތިޔާރު އެޅި "މަދަ ޝިޕެއް" ނުވަތަ މައި ބޯޓެއްގެ ގޮތުގައި ބޭނުންކުރުން ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.


މުމްބާއީގެ އައްސޭރިފަށާ ގާތްގަނޑަކަށް 3،000 ކިލޯމީޓަރު ދުރުގައި އޮންނަ އަރަބި ކަނޑުގެ ސަރަޙައްދުގައި މި އޮޕަރޭޝަން ހިންގާފައިވާ ކަމަށް އިންޑިޔާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. މި ހައިޖެކް ކުރުމަކީ ސަރަޙައްދުގެ ކަނޑުދަތުރުފަތުރާއި މުދާ އުފުލާ ބޯޓުތަކަށް ކުރިމަތިވި ބޮޑު ނުރައްކަލެއް ކަމަށް އިންޑިއާގެ ނޭވީން ސިފަކޮށްފައި ވެއެވެ.


މި ޙާލަތާ ގުޅިގެން އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ އެ ސަރަޙައްދުގައި ހަރަކާތެރިވަމުންދިޔަ ހަނގުރާމަމަތީ މަނަވަރު ކަމަށްވާ އައި.އެން.އެސް ކޮލްކަތާ މި އޮޕަރޭޝަނަށް ނެރެފައެވެ. 


އަދި ކަނޑުގެ ސަރަޙައްދު ބަލައި ފާސްކުރާ ވައިގެ އުޅަނދުތަކުގެ އެހީގައި މި ބޯޓުގެ ހަރަކާތްތައް މޮނިޓަރކޮށް، ބޯޓު އިތުރަށް ދުއްވައިގެން ފިލައިގެން ނުދެވޭނެ ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެފައިވެއެވެ.


މި އޮޕަރޭޝަންގެ އެންމެ ނާޒުކު ވަގުތުގައި، އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ސީ-17 ގްލޯބްމާސްޓަރ މަތިންދާބޯޓު ބޭނުންކޮށްގެން، ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ މެރިން ކޮމާޑޯއިން (މާކޯސް) ވަނީ ވައިގެ މަގުން އެ ސަރަޙައްދަށް ފައިބާފައެވެ.


 މި ކޮމާޑޯއިންގެ ހުނަރުވެރިކަމާއެކު ކަނޑުފޭރޭ މީހުންގެ ނުރައްކާތެރިކަން ނައްތާލުމުގައި ރަހީނުކުރެވުނު އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.


މިޚާއްސަ އޮޕަރޭޝަނާ ގުޅިގެން ނިއުދިއްލީގައި ހުންނަ އީރާނުގެ އެމްބަސީން ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ސާދާ ތަޢުރީފެއް ކޮށްފައެވެ. އީރާން އެމްބަސީން އެކްސްގައި ޢާންމުކުރި ބަޔާނެއްގައި، އިންޑިއާގެ އަސްކަރިއްޔާގެ ޕްރޮފެޝަނަލްކަމާއި ހިތްވަރުގަދަކަމާއި އަދި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ފާހަގަކޮށްފައިވެއެވެ.


ގަލްފްއޮފް އަދަންކަނޑަކީ ދޭތެރެއަކުން ސޯމާލިއާގެ ހަތިޔާރުއެޅި ކަނޑުފޭރޭ މީހުންގެ ބޯޓްތަކުގެ އުނދަގޫ ބޮޑުވަމުންދާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.


Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all