ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް: ދަރިކަލުން ޔާމީން
ކުރީގެ ޚާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ މުޅިން ދޮގު އަދި އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާގެ ފަރާތުން މީޑިއާތަކަށާއި ސޯޝަލް މީޑިއާގައި ޙިއްޞާކުރި މެސެޖެއްގައި ޔާމީން ވިދާޅުވީ، ޝާހިދުގެ އަބުރު ކެނޑުމަށާއި ސިޔާސީ ބޭނުމަކަށްޓަކައި ފަތުރަމުންދާ މިފަދަ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ހައްޔަރުކުރުމުގެ ކުރިންވެސް ޝާހިދު ވަނީ އެ ތުހުމަތުތައް އަމިއްލަފުޅަށް ދޮގުކުރައްވައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
I know my father's character, his values and the kind of man he is. I know he would never do what he's being accused of, and I stand by him completely. He has already condemned these allegations as a politically motivated attempt to destroy his reputation. Seeing him arrested today has been heartbreaking, and the way this has unfolded raises serious questions. He deserves fairness, due process and every opportunity to defend himself. Our family stands firmly by him. We will not waver.
— Yameen Shahid (@YamynS) November 2, 2026
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ 21:59 ހާއިރު ކަމަށެވެ. މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިތުރު ތަފްޞީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޝާހިދުގެ ޢާއިލާއިން ބުނަނީ ޤާނޫނީ ގޮތުން ކުރިމަތިލައިގެން މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއްކަން ސާބިތުކޮށްދޭނެ ކަމަށެވެ
