ހޯރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ޤޭޝްމް އައިލެންޑަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފި!
ހޯރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ އިސްތިރާޖީ ގޮތުން މުހިންމު ރަށެއް ކަމަށްވާ ޤޭޝްމް އައިލެންޑަށް (Qeshm Island) އެމެރިކާގެ ޢަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކާއި އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ ހޯރްމުޒް ކަނޑުއޮޅި މަތިން ދަތުރުކުރި އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓަކަށް އީރާނުގެ ސިފައިން "ސަރފޭސް-ޓޫ-އެއަރ" މިސައިލް ހަމަލާއެއް ފޮނުވާލުމާ ގުޅިގެން، އަމިއްލަ ދިފާޢުގައި ދިން ރައްދު ހަމަލާއެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއެންއޭ) އިންވެސް ވަނީ ޤޭޝްމް އައިލެންޑް ސަރަޙައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ކަށަވަރުކޮށްދީފައެވެ.
Confirmed Another War Started : USA Attacked on Iran !! @grok You Tell something !! https://t.co/3WEJ4tIMD3
— SUDHIR (@SUDHIRb9661) November 3, 2026
އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ދެ ޤައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫނެވެ. މިއީ ކަނޑުއޮޅިން ދަތުރުކުރާ އުޅަންދާއި އެމެރިކާގެ ޢަސްކަރީ ވަސީލަތްތަކަށް ހުރި ނުރައްކާތައް ނައްތާލުމަށް ސިއްރިއްޔާތުގައި ދެމުންދާ މަހްދޫދު (ލިމިޓެޑް) ޢަސްކަރީ ފިޔަވަޅުތަކުގެ ތެރެއިން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާއިން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށާއި ސަރަޙައްދީ ހަމަޖެހުމަށް އަސަރުކޮށްފާނެތީ، ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ކުއްލި ބަދަލުތަކެއް އައިސްފައެވެ.
