Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →

ސެމްސަންގުގެ 'ގެލެކްސީ އޭއައި' އަށް އަގު ނަގާ ޕްރީމިއަމް ޕެކޭޖެއް ތައާރަފްކުރަން ތައްޔާރުވަނީ.

ސެމްސަންގުގެ 'ގެލެކްސީ އޭއައި' އަށް އަގު ނަގާ ޕްރީމިއަމް ޕެކޭޖެއް ތައާރަފްކުރަން ތައްޔާރުވަނީ.
ތަފްޞީލް

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސެމްސަންގުގެ މި ޕްރީމިއަމް ޚިދުމަތުގެ އަގަކީ މަހަކު 4.99 ޑޮލަރު (ނުވަތަ އަހަރަކު 47.99 ޑޮލަރު) ކަމަށްވާއިރު، މިހާރު ފޯނުތަކުގައި ބޭނުންކުރެވޭ( Browsing Assist، Photo Assist)، އަދި( Now Brief) ފަދަ އާދައިގެ ފީޗާތައް ވަކި ލިމިޓަކާ (Usage Cap) އެކު ކުރިއެކޭވެސް އެއްގޮތަށް ހިލޭ ބޭނުންކުރެވޭނެއެވެ. ނަމަވެސް، އަގުދައްކައިގެން ސަބްސްކްރައިބްކުރާ ފަރާތްތަކަށް ޚާއްޞަ އެޑްވާންސް ފީޗާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ފޮޓޯއިން އޭއައި ވީޑިއޯ އުފައްދައިދޭ( Gen Video) އާއި، ފޯނުގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ދުވަހުގެ މަސައްކަތްތައް އަމިއްލައަށް އޮޓޯމޭޓްކޮށްދޭ( Bixby Action) ގެ އިތުރުން ދުވަހުގެ މުހިންމު ކަންކަމާއި މައުލޫމާތުތައް ޚުލާސާކޮށްދޭ (Daily Briefing ) ޚިދުމަތް ހިމެނެއެވެ. މި މައުލޫމާތު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ SammyGuru ޓެކްނޮލޮޖީ ވެބްސައިޓުންނެވެ. އެފަރާތުން މި ތަފްސީލުތައް ހޯދާފައިވަނީ ސެމްސަންގުގެ ކުރިއަށްއޮތް One UI 9.5 އިންޓަފޭސްގެ ޓެސްޓް ބިލްޑްތަކުގެ އެޕް ކޯޑުތަކާއި ސިސްޓަމް ސްޓްރިންގްސް ދިރާސާކުރުމުގެ ތެރޭގައެވެ. ސިސްޓަމް ކޯޑުގެ ތެރެއިން "Galaxy AI Premium" އަދި "Max Plan" ގެ ނަމުގައި އަގުނަގާ ސަބްސްކްރިޕްޝަން ޓިއަރއެއްގެ ޔޫޒަރ އިންޓަފޭސް ވަނީ ފެނިފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all