Accident
14 stories tagged Accident
އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ތިބި އެންމެން މަރުވެއްޖެ!
އެމެރިކާގެ ދެކުނު ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީއަށް ލިއަރޖެޓް 60 (Learjet 60) ބާވަތުގެ ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގައި ބޯޓުގައި ތިބި 9 މީހުން ވަނީ ނިޔާވެފައެވެ.
Ismail
13 hours ago
ސްޕޭނުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި 68 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ސްޕޭންގެ މެދުތެރޭގައިވާ ޓޮލެޑޯ ސަރަހައްދުގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން 68 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ތަފާތު އަނިޔާތައް ލިބިއްޖެއެވެ.
raani
3 days ago
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު މުޅިން ނިއްވާލައިފި؛ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ!
ށ. ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑް "ފަތްމިނި" ގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ޑީބޯޑުން ކަރަންޓު ޝޯޓުވެގެން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް އެ ތަނުގެ ވެރިފަރާތުން ހާމަކޮށްފިއެވެ.
Ismail
5 days ago
ލާމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާގެ މައްޗަށް ޖަލު ހުކުމާއި 1 މިލިއަން ރުފިޔާގެ ދިޔައެއް ދައްކަން ޙުކުމްކޮށްފި!
ލައިސަންސް ނެތި، ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުގެ ސަބަބުން ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އޭގެ ތެރެއިން އެކަކު ނިޔާވެ އަނެކަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ދައުވާލިބުނު މީހާގެ މައްޗަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
Ismail
Oct 26, 2026
ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ، ބޮޑު ނުރައްކަލަކުން ސަލާމަތްވެއްޖެ!
ގދ. ފަރެސްމާތޮޑާގައި ހުންނަ ގެއެއްގެ އޭސީއެއްގައި ކުއްލިއަކަށް ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
Ismail
Oct 19, 2026
ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ސައިކަލުން ޖައްސައި ގަސްދުގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި 4 މީހުން 5 ދުވަހަށް ބަންދުކޮށްފި!
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރުގޮތެއްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
Ismail
Oct 18, 2026
ސިނަމާލެ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ފުލުހަކު ސީރިއަސްކޮށް ޒަޚަމްކޮށްލައިފި؛ ސީޕީ ވިދާޅުވީ މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް
މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ސިނަމާލެ ބްރިޖު ހައިވޭގެ ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފިއެވެ.
Ismail
Oct 17, 2026
ކުޅުދުއްފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ކުޑަކުއްޖަކަށްވެސް އަނިޔާވެއްޖެ!
ހދ. ކުޅުދުއްފުށީ އަމީނީ މަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް އެކަކު އަނެކަކު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
Ismail
Oct 17, 2026
އެމެރިކާގެ ޖޯޖިއާގެ ތީމް ޕާކެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މީހަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެއްޖެ
ތަންފީޒީ އިދާރާތަކުން ހާދިސާ ހިނގި ވަކި ރައިޑެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ސީބީއެސް ނިއުސް އާއި އެ ސަރަހައްދުގެ ޓީވީ ޗެނަލްތަކުން ވަނީ 200 ފޫޓު އުސް "ގޮލަޔަތު" (Goliath) ރޯލަރކޯސްޓަރގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސައިޑް-ސިޑިން، ރައިޑަށް އަރާފައި ތިބި މީހުން ތިރިއަށް ބާލާ މަންޒަރު ރެކޯޑުކޮށްފައެވެ.
Abdulla
Oct 14, 2026
ހުޅުމާލޭގައި ދަންވަރު ހިނގި އެކްސިޑެންޓަށްފަހު، ޓްރެފިކް ކުށްތަކުގެ 13 ރެކޯޑު އޮތް މީހަކު ހައްޔަރުކޮށްފި!
ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލި އުމުރުން 27 އަހަރުގެ މުޙައްމަދު ސައިފް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
Ismail
Oct 14, 2026
އެކްސިޑެންޓްވާ ސަރަހައްދުތައް މެޕްކުރުމަށް ފުލުހުން ސެޓެލައިޓް އިމޭޖަރީ ބޭނުންކުރެވޭ ޑިޖިޓަލް ޓޫލެއް ތައާރަފްކޮށްފި
މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ތަހުގީގުކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކޮށް، އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރުތައް ސައްހަކަމާއެކު ކުރެހުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޑިޖިޓަލް ސޮފްޓްވެއަރއެއް ބޭނުންކުރަން ފަށައިފިއެވެ.
Abdulla
Oct 11, 2026
ގަވާއިދާ ހިލާފަށް ދުއްވި ސައިކަލަކުން ޖެހި، އެއް އާއިލާއެއްގެ ދެ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ވަންވޭއާ ދެކޮޅަށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް އާއިލާއެއްގެ ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
Ajay
Oct 7, 2026