ސައުދީ ކޯޓުގެ ކުއްލި ނިންމުމެއް: ޑިލީޑްކޮށްލި ފޭސްބުކް ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ މަސައްކަތްތެރިއަކަށް މަރުގެ ހުކުމް
ފުހެލި (ޑިލީޓް ކޮށްލި) ފޭސްބުކް ކޮމެންޓަކާ ގުޅިގެން، ސްރީލަންކާގެ ބިދޭސީ މަސައްކަތްތެރިއަކަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމެއް، ސައުދީ އަރަބިއްޔާގެ އިސްތިއުނާފީ ކޯޓަކުން މަރުގެ ހުކުމަކަށް ބަދަލުކުރުމާއެކު، ބޮޑު ޑިޕްލޮމެޓިކް އަދި އިންސާނީ މައްސަލަގަނޑެއް ފެންމަތިވެއްޖެއެވެ. މިއީ މުޅި ސްރީލަންކާއަށް ވެސް ކުއްލި ސިހުމެއް ގެނުވި ނިންމުމަކަށް ވާއިރު، މި ނިންމުމާއެކު ސްރީލަންކާގެ ޚާރިޖިއްޔާއިންނާއި، އާއިލާއިން އަދި އެ ގައުމުގެ މުސްލިމް ލީޑަރުން އަންނަނީ އޭނާއަށް މާފު ދިނުމަށް ގޮވާލައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގެ ފެށުމަކީ ސްރީލަންކާގެ އިރުމަތީގައި އޮތް ހިންދޫންގެ ދީނީ ހަރަކާތެއް (ކަތަރަގަމަ ޕާދަ ޔާ) ގެ ތެރެއިން އާދައިގެ ކުއްތާއަކާ މެދު ހިނގި ކަމަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހޫނުވި ބަހުސެކެވެ. ސައުދީ އަރަބިއްޔާގައި ވަޒީފާ އަދާކުރަމުން ދިޔަ ސްރީލަންކާގެ ކަލްމުނާއީއަށް ނިސްބަތްވާ ކުއަންޓިޓީ ސަރވޭޔަރ ސިވަރާސާ އަނޯޖަން، މި ބަހުސުގެ ތެރޭގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހުތުރު ކޮމެންޓެއް ކުރިކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެއީ ކުރެވުނު ބޮޑު ކުށެއްކަން އިޙުސާސްވެ، 5 ނުވަތަ 10 މިނެޓު ތެރޭގައި އޭނާ އެ ކޮމެންޓު ފުހެލައި، ލިޔުމުންނާއި ލައިވް ވީޑިއޯއެއް މެދުވެރިކޮށް ވަރަށް ބޮޑަށް މާފަށް އެދުނެވެ. އެހެންނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓްތައް އޭނާގެ ވަޒީފާދޭ ފަރާތަށާއި ސައުދީ ފުލުހުންނަށް ރިޕޯޓުކުރުމާއެކު، އޭނާ ވަގުތުން ހައްޔަރުކުރެވުނެވެ.
މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލް-އަހްސާގެ ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ 5 އަހަރުގެ ޖަލު ހުކުމަކާއި 3 މިލިއަން ސައުދީ ރިޔާލުގެ ބޮޑު ޖޫރިމަނާއެކެވެ. މި ބޮޑު ޖޫރިމަނާއާއި ހުކުމް ލުއިކުރުމުގެ އުއްމީދުގައި އަނޯޖަންގެ އާއިލާއިން އޮގަސްޓު މަހު ވަނީ މައްސަލަ އިސްތިއުނާފުކޮށްފައެވެ. ނަމަވެސް، ކޯޓުން ހުކުމް ލުއިކުރުމުގެ ބަދަލުގައި، ސައުދީގައި ދީނަށް ފުރައްސާރަކުރުމަށް އޮންނަ ހަރުކަށި ގާނޫނުތަކުގެ ދަށުން، މި ހުކުމް ވަނީ މަރުގެ ހުކުމަކަށް ބަދަލުކޮށްފައެވެ. ސައުދީގައި ހުންނަ ސްރީލަންކާގެ އެމްބަސީއަށް އަނޯޖަންގެ ގާނޫނީ ވަކީލު މެދުވެރިކޮށް މިކަން އަންގާފައިވާއިރު، ރަސްމީ ލިޔެކިޔުންތައް ލިބުމާއެކު 30 ދުވަހުގެ ތެރޭގައި ސައުދީގެ ސުޕްރީމް ކޯޓަށް ފަހުގެ އިސްތިއުނާފު ހުށަހެޅުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މި ހަރުކަށި ހުކުމާއެކު ސްރީލަންކާގެ ސިޔާސީ އަދި ދީނީ ފަރާތްތަކުން ވަނީ އެއްބައިވަންތަކަމާއެކު އޭނާ ސަލާމަތްކުރުމަށް ތެދުވެފައެވެ. ސްރީލަންކާގެ އިސް މުސްލިމް ސިޔާސީ ލީޑަރުންނާއި ދީނީ އިލްމުވެރިން ވަނީ އޭނާއަށް މާފުކޮށްދިނުމަށް ގޮވާލައި، ވަގުތުން ތައުބާވެ މާފަށް އެދޭ މީހުންނަށް އިސްލާމްދީނުގައި އޮންނަ ރަޙުމަތުގެ މަތިވެރި ސިފަ ފާހަގަކޮށްފައެވެ. ކުރީގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ ސައުދީ ސަރުކާރަށް ކުރެއްވި ވަރުގަދަ އިލްތިމާސެއްގައި ވިދާޅުވީ، ކުށެއް ކުރެވުމާއެކު އެކަމަށް އިއުތިރާފުވެ މާފަށް އެދުނު މީހަކަށް މަރުގެ ހުކުމް އިއްވުމަކީ "އިންސާނިއްޔަތާ ހިލާފު، އަދި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި މުސްލިމެއްގެ ހައިސިއްޔަތުން ރަޙުމާއި ކުލުނަށް ގަބޫލުކުރައްވާ ކަމަށާއި، ކުރެވޭ ކުށަކުން މީހެއްގެ މުޅި ފުރާނަ ދުއްވާލުމުގެ ބަދަލުގައި އިސްލާހުވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން ކޮޅުނބުގައި މި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތާމެދު ދަނީ ސުވާލު އުފައްދަމުންނެވެ. ބައްޓިކަލޯ ޑިސްޓްރިކްޓްގެ މެމްބަރު ޝަނަކިޔަން ރާސަމަނިކަމް ވަނީ، އިސްތިއުނާފު ކާމިޔާބުވުމުގެ ފުރުސަތު "ވަރަށް ކުޑަ" ކަމަށް އެމްބަސީން ލަފާދީފައިވަނިކޮށް، އާއިލާއަށް އިސްތިއުނާފު ކުރަން ސަރުކާރުގެ އޮފިޝަލުން ލަފާދިނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ގާތްގަނޑަކަށް 1.89 މިލިއަން ރުޕީސް ގާނޫނީ ފީގެ ގޮތުގައި އާއިލާއިން ދައްކާފައިވާއިރު، އެ ފައިސާ ޚަރަދުކުރެވުނު ގޮތާމެދު އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، އަނޯޖަންގެ މަންމަ ވަނީ ރޮމުން އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އާދޭސްކޮށްފައެވެ. ސްރީލަންކާގެ ފޮރިން މިނިސްޓްރީން މިހާރު ދަނީ ސައުދީގެ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް، ގާނޫނީ ހުރިހާ މަގަކުންނާއި ސައުދީ ރަސްގެފާނުގެ ހާއްސަ މާފެއް ހޯދައިގެން ނަމަވެސް އެ ޒުވާނާ ސަލާމަތުން ގައުމަށް ގެނައުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެ
