ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި!
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާޢީލް (އާނު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި އައިމަން ހައްޔަރުކޮށްފައިވަނީ އިއްޔެ (3 ނޮވެމްބަރު 2026) ގެ ވަގުތެއްގައެވެ. އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުކަން ކުރިން ކުރައްވާފައިވާ އައިމަން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުގައެވެ.
މިއީ ކުޑަކުދިންނާ ގުޅޭ ނާޒުކު މައްސަލައަކަށްވާތީ، އަނިޔާލިބުނު ކުއްޖާގެ މައުލޫމާތާއި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ޙިއްޞާކުރައްވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
