Business Featured

ރެޔާ ދުވާލު ރައީސް އުޅުއްވަނީ އޮންލައިން ވިޔަފާރިތަކަށް ހުރި ދަތިތައް ހައްލުކުރުމުގައި

Advertisement
ރެޔާ ދުވާލު ރައީސް އުޅުއްވަނީ އޮންލައިން ވިޔަފާރިތަކަށް ހުރި ދަތިތައް ހައްލުކުރުމުގައި
ފޮޓޯ: ރައީސް އޮފީސް
ތަފްޞީލް

އޮންލައިން ވިޔަފާރި ކުރުމުގައި ހުރި ދަތިތައް ހައްލުކުރެއްވުމުގައި ރެޔާ ދުވާލު އުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ޓީމޫ ފަދަ އޮންލައިން ޕްލެޓުފޯމުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް އަންހެނަކު ވަނީ، ބުނެފައެވެ. އަދި، އެ މައްސަލަ ހައްލުކޮށްދެއްވުމުން ރައީސަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބިވަޑައިގަންނަވާނެ ކަމަށް އެ މީހާ ބުންޏެވެ. ރައީސް ވިދާޅުވީ، ރެޔާ ދުވާލު އުޅުއްވަނީ އެ މައްސަލަ ހައްލުކޮށްދެއްވުމުގެ މަސައްކަތުގައި ކަމަށެވެ.


"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ" ރައީސް ވިދާޅުވިއެވެ.


ރައީސް މިގޮތަށް ވިދާޅުވީ، ގިނަ ބަޔަކަށް އޮންލައިން ޕްލެޓުފޯމުތަކުން ވިޔަފާރި ނުކުރެވޭ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަކާ ބެހޭގޮތުން ބޭންކް މެނޭޖަރ މަޢުލޫމާތު އާންމު ކުރުމުގެ ކުރިން ބޭންކުންދޭ ޚިދުމަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވާހަކަދެއްކެވުންވަނީ އިތުރުވެފައެވެ. 


ފާހަގަކުރެވޭ ގޮތުގައި، ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، އެ ކަން ބީއެމްއެލްއިން ފުރަތަމަ އިއުލާނުކުރީ މިދިޔަ މެއި މަހެވެ. އޭރު ވެސް އެބޭންކުން ވަނީ ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ވިއްކަން ޖެހުން ކަމަށް ބުނެފައެވެ.


އޭގެފަހުން ވެސް މިދިޔަ ސެޕްޓެމްބަރުގައި ވަނީ އީކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިގޮތުން، ޓީމޫ ހިމެނޭ ކެޓެގަރީއަށް ކަނޑައަޅާފައި ވަނީ، މަހަކަށް ތިން މިލިއަން ޑޮލަރު ކަމަށްވާއިރު، ކޮންމެ ދުވަހެއްގެ ވެސް ބީއެމްއެލްގެ ކެޓަގަރީ ލިމިޓްތައް އާ ވަނީ ހެނދުނު 7:00 ގައެވެ. 


ވަކި ދުވަހެއްގައި ކެޓަގަރީ ނުވަތަ މާޗަންޓް ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ދެ ގޮތަކުން އެއް ގޮތެއް އިޚްތިޔާރު ކުރެވޭނެއެވެ. އެއީ ޖެހިގެން އަންނަ ދުވަހު އަލުން މުޢާމަލާތް ކުރުމަށް މަސައްކަތްކުރުން ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ، އެ ކާޑު ބޭނުންކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.


ބޭންކުން ޢާންމުންނަށް ފޯރުކޮށްދޭ މަޢުލޫމާތާއި ކަންހިނގާގޮތް މުޅިން ތަފާތެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް