Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
World Featured

ޕެޓްރޯލް ޕަންޕުގެ ރިސީޓު ނުނެރުމުން ލޮޓަރީ ޓިކެޓެއް ގަނެ، 2 މިލިއަން ޑޮލަރު ހޯދި ދަރިވަރެއް

ޕެޓްރޯލް ޕަންޕުގެ ރިސީޓު ނުނެރުމުން ލޮޓަރީ ޓިކެޓެއް ގަނެ، 2 މިލިއަން ޑޮލަރު ހޯދި ދަރިވަރެއް
https://nclottery.com/News/2026/11/4/Concord-mans-bad-luck-at-gas-pump-turns-into-2-million-Powerball-win
ތަފްޞީލް

އެމެރިކާގެ ނޯތު ކެރޮލައިނާގެ ކޮންކޯޑަށް ނިސްބަތްވާ ކޮލެޖް ދަރިވަރަކަށް، ޕެޓްރޯލް ޕަންޕުގެ ޕްރިންޓަރު ހަލާކުވެގެން ރިސީޓް ނުނިކުތުމުގެ ސަބަބުން ދިމާވި "ބަދުނަސީބު" ކަމެއް، 2 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ލޮޓަރީ އިނާމަކަށް ބަދަލުވެއްޖެއެވެ.


މި ނަސީބުވެރި އިނާމު ހޯދީ ސިވިލް އިންޖިނިއަރިންގ ކިޔަވަމުން އަންނަ އުމުރުން ޒުވާން ބްރާމް ޑިއުންހިއު (Bram Dunehew) އެވެ . މި ހާދިސާ ހިނގާފައިވަނީ ހެރިސްބާގްގެ އެންސީ 49 މަގުގައި ހުންނަ "ސޭމްސް މާޓް" ގޭސް ސްޓޭޝަނުން އޭނާގެ ކާރަށް ޕެޓްރޯލް އެޅި ވަގުތުއެވެ . ޕެޓްރޯލް އަޅައި ނިމުމުން، ޕަންޕުގައި ހަރުކޮށްފައި ހުރި ކުޑަ ޕްރިންޓަރުން ރިސީޓް ނުނިކުތުމުން، އޭނާ މަޖުބޫރުވީ ރިސީޓް ހޯދުމަށްޓަކައި އެތެރޭގެ ފިހާރައަށް ވަންނާށެވެ. ފިހާރައިގެ ކައުންޓަރު ކައިރިއަށް ދެވުމުން، ހިތަށް އެރި ކުއްލި ޚިޔާލަކާއެކު އޭނާ ވަނީ 3 ޑޮލަރު ޚަރަދުކޮށްފައި ޕަވަރބޯލް (Powerball) ލޮޓަރީ ޓިކެޓެއް ގަނެފައެވެ.


ޑިއުންހިއު ގަތް ޓިކެޓް ދިމާވީ ހެލޮވީންގެ ޕަވަރބޯލް ގުރުއަތުލުމުގައެވެ . އެގޮތުން، ގުރުއަތުން ނެގި ފަސް ހުދު ނަންބަރު ކަމަށްވާ 2، 4، 18، 50 އަދި 56، އޭނާގެ ޓިކެޓުގެ ނަންބަރުތަކާ މުޅިން ދިމާވިއެވެ . ހުރިހާ ހުދު ނަންބަރެއް ދިމާވުމުގެ ފުރުޞަތަކީ ގާތްގަނޑަކަށް 11.6 މިލިއަނުން އެއް ފުރުޞަތު ކަމަށްވާއިރު، އާންމު އުޞޫލުން މި ނަންބަރުތައް ދިމާވުމުން ލިބެނީ 1 މިލިއަން ޑޮލަރެވެ . ނަމަވެސް، ޓިކެޓް ގަތްއިރު އިތުރު 1 ޑޮލަރު ދީފައި "ޕަވަރ ޕްލޭ" (Power Play) ފީޗަރ ހިމަނާފައި ވުމުން، އޭނާއަށް ލިބުނު ފައިސާގެ އިނާމު އޮޓޮމެޓިކުން ދެގުނަވެ، 2 މިލިއަން ޑޮލަރަށް އިތުރުވިއެވެ.


ޑިއުންހިއު ފަހުން ބުނެފައިވަނީ، ޕެޓްރޯލް ޕަންޕުން ރިސީޓް ނުކުތްނަމަ އޭނާ އެ ދުވަހު ފިހާރައިގެ އެތެރެއަށް ނުވަންނާނެ ކަމަށާއި، އަދި އެ ލޮޓަރީ ޓިކެޓް ގަތުމުގެ ޚިޔާލުވެސް ހިތަށް ނާންނާނެ ކަމަށެވެ. އެހެންކަމުން މިއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ނަސީބުވެރި އިއްތިފާޤެކެވެ.


އޭނާ ވަނީ ރޭލީގައި ހުންނަ ނޯތު ކެރޮލައިނާ އެޑިއުކޭޝަން ލޮޓަރީގެ މައި އިދާރާއަށް ހާޒިރުވެ، ރަސްމީކޮށް ފައިސާގެ އިނާމާ ޙަވާލުވެފައެވެ. ފެޑެރަލް އަދި ސްޓޭޓް ޓެކްސްގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ ކެނޑުމަށްފަހު، އޭނާގެ އަތަށް ސާފު ފައިދާގެ ގޮތުގައި 1,440,201 (އެއް މިލިއަން ހަތަރު ލައްކަ ސާޅީސް ހާސް ދުއިސައްތަ އެއް) އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ލިބުނު މި ބޮޑު އިނާމުން ކުރަން ގަސްތުކުރާ ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަމުން ޑިއުންހިއު ބުނީ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ ލޯބިވާ ބައްޕައަށް ކެޑިލެކް (Cadillac) މަރުކާގެ އަގުބޮޑު ކާރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ .


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all