Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ނިއުޔޯކް މެރަތަން ނިންމަން ދެ މޭލަށް ވެފައިވަނިކޮށް 24 އަހަރުގެ ދުވުންތެރިޔާ ސެންޓްރަލް ޕާކަށް ވެއްޓި ނިޔާވެއްޖެ!

ނިއުޔޯކް މެރަތަން ނިންމަން ދެ މޭލަށް ވެފައިވަނިކޮށް 24 އަހަރުގެ ދުވުންތެރިޔާ ސެންޓްރަލް ޕާކަށް ވެއްޓި ނިޔާވެއްޖެ!
Photo: LA Times
ތަފްޞީލް

އެމެރިކާގެ ނިއުޔޯކް ސިޓީ މެރަތަންގައި ބައިވެރިވި 24 އަހަރުގެ ރޭޗެލް އެޕާ (Rachel Apa) ނަމަކަށް ކިޔާ ދުވުންތެރިޔަކު، މެރަތަން ނިންމަން އެންމެ ދެ މޭލަށް ވެފައިވަނިކޮށް ސެންޓްރަލް ޕާކަށް ވެއްޓި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މިއީ އޭނާ ބައިވެރިވި ފުރަތަމަ މެރަތަންއެވެ.


ހާދިސާ ހިނގިގޮތް

ރޭޗެލް މެރަތަންގައި ދުވަމުން ދިޔައީ 2022 ވަނަ އަހަރު ޕާކިންސަންސް ބަލީގައި ނިޔާވި އޭނާގެ ކާފަގެ ހަނދާނުގައި، އެ ބައްޔަށް ފަންޑު ހޯދުމުގެ ޚާއްޞަ ޗެރިޓީ ދުވުމެއްގެ ގޮތުގައެވެ. ދުވުމުގެ ތެރޭގައި 18 ވަނަ މޭލާ ހަމައަށް ދިޔަތަނުން އޭނާއަށް ތަދުވާކަމަށް ބުނެ ބައްޕައަށް މެސެޖުކުރިއެވެ. ނަމަވެސް 24 ވަނަ މޭލާ ހަމައަށް ދިޔަތަނުން (މެރަތަން ނިމެން ދެ މޭލަށް ވެފައިވަނިކޮށް) އޭނާ ވަނީ ކުއްލިއަކަށް ސެންޓްރަލް ޕާކު ތެރެއަށް ވެއްޓިފައެވެ.

ދަނޑުމަތީގައި ތިބި އާންމުންނާއި މެޑިކަލް ޓީމުން އޭނާއަށް ސީޕީއާރު (CPR) ދީގެން މައުންޓް ސައިނާއީ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އެރޭގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ.



މަރުވި ސަބަބު

ރޭޗެލްގެ ބައްޕަ، ސްޓީވް އެޕާ، ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނީ ރޭޗެލްއަކީ މީގެ ކުރިން ކޮލެޖު ފީލްޑް ހޮކީ ކުޅުނު، ވަރަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރި ކުއްޖެއް ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި ރޭޗެލް ނިޔާވީ "ރެބްޑޯމައިއޮލައިސިސް" (Rhabdomyolysis) ކިޔާ ނާދިރު މެޑިކަލް ކޮންޑިޝަނެއްގެ ސަބަބުންނެވެ. މިއީ ގިނަ وވަގުތުތަކެއްވަންދެން މާ ބޮޑަށް ވަރުބަލިވެ ގަދައަޅައި މަސައްކަތް ކުރުމުގެ ސަބަބުން މަސްތަކުގެ ސެލްތައް ހަލާކުވެ، ލޭގެ ތެރެއަށް ނުރައްކާތެރި ޕްރޮޓީންތަކެއް ދޫވުމުން ދިމާވާ ކަމެކެވެ.


އާއިލާއާއި ކުޅިވަރު އާއިލާގެ ހިތާމަ

ރޭޗެލް ނިޔާވި ޚަބަރާއެކު، އޭނާ ޕާކިންސަންސް ފައުންޑޭޝަނަށް ފަންޑު ހޯދުމަށް ހުޅުވާލި ޕޭޖަށް އާންމުން ވަނީ ބޮޑެތި އެހީތަކެއް ވެފައެވެ. އެކަން ފެށިއިރު އަމާޒަކީ 4,000 ޑޮލަރު ހޯދުން ކަމަށްވިޔަސް، އޭނާގެ ހަނދާނުގައި އާންމުން ވަނީ އެ އަދަދަށްވުރެ މާ ގިނައިން ފައިސާ ހަދިޔާކޮށްފައެވެ.


އޭނާ ތައުލީމު ހާސިލުކުރި ބަކްނެލް ޔުނިވަރސިޓީއާއި (Bucknell University) ޔޫއެސްއޭ ފީލްޑް ހޮކީއިންވެސް ވަނީ ރޭޗެލްގެ މަރުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ނިއުޔޯކް ރޯޑް ރަނަރސް (NYRR) އިން ބުނި ގޮތުގައި 61،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވި މިއަހަރުގެ މެރަތަންގައި ހިނގި މި ހާދިސާއަކީ މުޅި މެރަތަން އާއިލާއަށް ލިބުނު ފުން ސޮކެކެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all