Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ނެތަންޔާހޫގެ އދ. ވާހަކަފުޅަށް ނުރުހުމުގެ ހުސްގޮނޑި ދެއްވީ ކޮން ޤައުމުތަކެއް؟

ނެތަންޔާހޫގެ އދ. ވާހަކަފުޅަށް ނުރުހުމުގެ ހުސްގޮނޑި ދެއްވީ ކޮން ޤައުމުތަކެއް؟
ތަފްޞީލް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 81 ވަނަ އާއްމު ޖަލްސާގައި ތަޤްރީރު ކުރަން ފަށަންވާއިރަށް ދުނިޔޭގެ ޤައުމުތަކުން ހުސްގޮނޑީގެ ވަރުގަދަ ނުރުހުމުގެ ރައްދެއް ދީ އިޙްތިޖާޒް ކޮށްފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު މި ތަޤުރީރު ދިނީ، ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ރައްޔިތުން އިޒްރޭލުގެ ސިޔާސަތު ތަކާއި، އަމަލުތަކާއި އަދި އިޒްރޭލުން ގާޒާގެ ރައްޔިތުންނާއި މެދި ހިންގި ލާއިންސާނީ ޖަރީމާ ތަކާއި މެދު ވަރަށް ބޮޑަށް ނުރުހުން ވެފައިވާ ދަނޑިވަޅެއްގައިއެވެ.

ގާޒާގެ ޙާލަތަށް އަދިވެސް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވެއެވެ. އިޒްރޭލުން ދަނީ ޤާޒާއަށް އަދިވެސް ހަމަލާދީ މީހުން މަރަމުންނެވެ. ޤައުމުތަކުގެ މި އިޙުތިޖާޖަކީ ފަލަސްޠީން މިޝަން އެޓް ދަ ޔޫނައިޓެޑް ނޭޝަންސް އިން ކުރިން ގޮވާލި ގޮވުމަކަށް ފަހު ހިނގި އިޙްތިޖާޖެއްކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ފަލަސްޠީން ފަރާތުން ބުނީ، ގާޒާ އަދި ފަލަސްޠީން މައްސަލައާ މެދު ނުރުހުން ފާޅުކުރުމަށް ވަފުދުތަކުން ހޯލުން ނުކުތުމުން ބާރުގަދަ ޕޮލިޓިކަލް މެސެޖެއް ފޮނުވިފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖެ، ސައޫދީ އަރަބިޔާ، އީރާން، އަލްޖީރިއާ، ބަންގްލާދޭޝް، މެލޭޝިއާ، ޖޯޑަން، ލިބިޔާ، މޯރިޝަސް، މޮންޓެނެގްރޯ، ކިރިގިޒްސްތާން އަދި އެހެނިހެން ގިނަ ޤައުމުތަކުގެ ގޮނޑިތައް ހުސްކޮށް ހުރިތަން ހޯލުން ފެނިފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ ޤައުމެއްގެ މުޅި ވަފުދެއް ނުކުތްކަން ޔަޤީންކޮށް ރިޕޯޓުކުރެވިފައެއް ނުވެއެވެ.

އެ ވަގުތު ނެތަންޔާހޫ ވަނީ ހޯލުން ނުކުތް ވަފުދުތަކާ ދިމާލަށް ގަދަ ބަސްފުޅުތަކެއް ވެސް ވިދާޅުވެފައެވެ. އަދި އިޒްރޭލް އީރާނާ ދެކޮޅަށް ކުރި ހަރަކާތްތަކަކީ އެ ޤައުމުތައް ވެސް ހިމާޔަތްކުރަން ކުރި ހަރަކާތްތަކެއް ކަމަށް ދަޢުވާކުރިއެވެ. ގާޒާ ހަނގުރާމަ އަދި މެދުއިރުމަތީގެ ޙާލަތާއި މެދު ދުނިޔޭގެ ޤައުމު ތަކުގެ މެދުގައި އަދިވެސް ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ.

ނަތަންޔާހޫގެ ތަޤުރީރަށް ހުސްގޮނޑިން ނުރުހުން ފާޅުކުރި ޤައުމުތަކުގެ  ތެރޭގައި ހިމެނޭ ބައެއް ޤައުމުތައް؛

Türkiye, Palestine, Tunisia, Syria, Algeria, Yemen, Egypt, Iraq, Saudi Arabia, Jordan, Iran, Qatar, Lebanon, Malaysia, Indonesia, Kuwait, Spain, Brazil, Peru, Cuba, Nigeria, Ghana, Libya, Bangladesh, Afghanistan, Oman, Niger, Madagascar, Botswana, the Bahamas, Antigua and Barbuda, Cabo Verde

ބައެއް ޤައުމުތަކުން ހުރިހާ ޑިޕްލޮމެޓުން ނުކުތުމުގެ ބަދަލުގައި ލޯލެވެލް ޑެލިގޭޓުން ހޯލުގައި މަޑުކޮށްގެން ތިއްބެވެ. މުޅި ޖުމްލަ 77 ޤައުމަކުން ހުސްގޮނޑި ބެހެއްޓި ކަމަށްވެއެވެ.  ހުސްގޮނޑީގެ ނުރުހުމުގެ ރައްދު ނުދެއްވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބައެއް ޤައުމުތައް؛

US, Germany, Argentina, Hungary, Serbia, Ukraine, Czechia and Greece United Arab Emirates, Australia, Austria, Canada, Portugal, Poland, Denmark, Romania, Slovakia, Estonia, Lithuania, Luxembourg, Iceland, Azerbaijan, Kazakhstan, Mexico, Kenya and El SalvadorBahrain


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all