UN
5 stories tagged UN
ޤައްޒާފީގެ ތާރީޚީ ތަޤްރީރު: ޔޫއެންގެ ސާސަނާ(ޗާޓަރ) ވީދާލައި ސެކިއުރިޓީ ކައުންސިލަށް ދިން ވަރުގަދަ ޙަމަލާ
އެކުވެރި ދައުލަތްތަކުގެ (ޔޫއެން) މަސްރަޙުގައި ހުންނަވައި، އެ ޖަމްޢިއްޔާގެ މާއްދީ ސާސަނާ (ޗާޓަރު) ވީދާލެއްވުމަށްފަހު ބިމަށް އެއްލައިލެއްވި ޒައީމަކީ އެއީއެވެ؛ ޔޫއެންގެ އެންމެ އެތެރޭގައި ހުންނަވައި، އެޖަމްޢިއްޔާގެ ސެކިއުރިޓީ ކައުންސިލަށް "ޓެރަރިޒަމް ކައުންސިލް" ގެ ނަމުން މުޚާތަބުކުރެއްވި ޒައީމަކީވެސް އެއީއެވެ؛ ޔޫއެން އަކީ ލަންޑަންގެ "ހައިޑް ޕާކް ސްޕީކާސް ކޯނާ" ފަދަ ތަނެއްގެ ގޮތުގައި ސިފަކުރައްވައި، "މިތަނަށް މަންދޫބުން ވަޑައިގެން ވާހަކަދައްކަވާފައި ވަޑައިގަންނަވަނީއެވެ؛ އެދެވޭ އެއްވެސް ނަތީޖާއެއް ނުނުކުމެއެވެ" މިއީ އެބޭފުޅާގެ ތަންޤީދް(ފިކުރު) އެވެ؛ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް އަމާޒުކުރައްވައި، "ނިއުކްލިއަރ ބާރުތަކުގެ އަތްމަތީގައި މިފަދަ ބާރެއް އޮތުމަކީ އޭގެ ذات ގައި ޓެރަރިޒަމްގެ އަމަލެއް" ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވީވެސް އެބޭފުޅާއެވެ — އެއީ ލީބިޔާގެ ކުރީގެ ޒައީމް މުޢައްމަރު އަލްޤައްޒާފީއެވެ.
Ihjas
4 days ago
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިންމުމުގެ ޕްރޮޕޯޒަލަށް ޓްރަމްޕް ދެކޮޅުހަދައިފި
މައްސަލަ ބޮޑުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށެހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފިއެވެ.
Abdulla
Sep 27, 2026
ނެތަންޔާހޫގެ އދ. ވާހަކަފުޅަށް ނުރުހުމުގެ ހުސްގޮނޑި ދެއްވީ ކޮން ޤައުމުތަކެއް؟
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ 81 ވަނަ އާއްމު ޖަލްސާގައި ތަޤްރީރު ކުރަން ފަށަންވާއިރަށް ދުނިޔޭގެ ޤައުމުތަކުން ހުސްގޮނޑީގެ ވަރުގަދަ ނުރުހުމުގެ ރައްދެއް ދީ އިޙްތިޖާޒް ކޮށްފިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު މި ތަޤުރީރު ދިނީ، ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ރައްޔިތުން އިޒްރޭލުގެ ސިޔާސަތު ތަކާއި، އަމަލުތަކާއި އަދި އިޒްރޭލުން ގާޒާގެ ރައްޔިތުންނާއި މެދި ހިންގި ލާއިންސާނީ ޖަރީމާ ތަކާއި މެދު ވަރަށް ބޮޑަށް ނުރުހުން ވެފައިވާ ދަނޑިވަޅެއްގައިއެވެ.
AJay
Sep 26, 2026
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ވީޓޯ ނިޒާމަށް ބަދަލު ގެނައުމަށް ރާއްޖެއިން ގޮވާލައިފި
އދ. ގެ ސެކިއުރިޓީ ކައުންސިލްގައި މިހާރު އޮންނަ ވީޓޯ ނިޒާމު އިސްލާޙުކޮށް، ކުޑަ ޖަޒީރާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ސަލާމަތީ މަޖިލުން ގޮޑިޔެއް ދިނުމަށް ދިވެހިރާއްޖެ އިން ގޮވާލައިފިއެވެ. ރާއްޖެއިން މިގޮތަށް ގޮވާލެއްވީ މިހާރު ހިނގަމުންދާ އދ. ގެ 81 ވަނަ އާއްމު މަޖިލީހުގެ ޖަލްސާގައެވެ. މިޖަލްސާގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ ވާހާކަފުޅު ދެއްކެވީ ރާއްޖޭގެ ނާއިބު ރައީސް ޙުސަން މުޙައްމަދު ލަތީފެވެ.
AJay
Sep 26, 2026
ގޯލާން ހައިޓްސް އަކީ އަދިވެސް ސޫރިޔާގެ ބިމެއް؛ އިޒްރޭލު އެސަރަހައްދުން ފޭބުމަށް ސޫރިޔާ ރައީސް ގޮވާލައްވައިފި
ސޫރިޔާގެ އަޙްމަދު އަލް ޝަރާ ވިދާޅުވެފައިވަނީ އިޒްރޭލުން ގޯލާން ހައިޓްސް އެނެކްސް ކޮށްގެން އުޅުނު ނަމަވެސް، އެ ސަރަހައްދަކީ އަދިވެސް ސޫރިޔާގެ ބިމެއް ކަމަށެވެ. އދ.ގެ 81 ވަނަ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ސޫރިޔާގެ ސިޔާދަތާއި ބެހޭ އިންޓަރނޭޝަނަލް ޤާނޫނު ހިމާޔަތްކުރުމަކީ ސޫރިޔާގެ އަސާސީ މަޤްޞަދު ކަމަށެވެ.
Abdulla
Sep 25, 2026