މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ!
މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން މިއަދު މެންދުރުފަހު ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޚިދުމަތަށް ބުރޫއަރަން ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ކަރަންޓު ކެނޑުމާއެކު، މާލެއާއި ހުޅުމާލޭގެ ގިނަ ގޭގެޔާއި ވިޔަފާރިތަކުގެ ޚިދުމަތްތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މައްސަލަ ޙައްލުކޮށް، އަލުން ކަރަންޓުގެ ޚިދުމަތް އާންމު ހާލަތަކަށް ގެނައުމަށްޓަކައި އެ ކުންފުނީގެ އިންޖީނިއަރުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ކަރަންޓު އަލުން ގުޅައިދިނުމުގެ މަސައްކަތް ބައެއް ސަރަޙައްދުތަކުގައި ކުރިއަށްދާއިރު، ދިމާވި އަސަރަށްޓަކައި އާންމުންގެ ކިބައިން އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
އަދިވެސް ކަރަންޓު ނުލިބޭ ފަރާތްތަކުން ސްޓެލްކޯގެ ހޮޓްލައިން (104) ނުވަތަ ކޯލް ސެންޓަރު (1545) އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
