World Featured

އިރާނުން އަންގާފައިވާ ގޮތާއި ޚިލާފަށް ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓަކަށް އީރާނުގެ އައި.އާރު.ޖީ.ސީ.އިން ހަމަލާދީ، ބޯޓުގައި ރޯކޮށްލައިފި.

Advertisement
އިރާނުން އަންގާފައިވާ ގޮތާއި ޚިލާފަށް ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓަކަށް އީރާނުގެ އައި.އާރު.ޖީ.ސީ.އިން ހަމަލާދީ، ބޯޓުގައި ރޯކޮށްލައިފި.
ތަފްޞީލް

ހޮރުމޫޒު ކަނޑުއޮޅީގެ ދެކުނުން، ޤާނޫނާ ޚިލާފު މަގަކުން ދަތުރުކުރަން މަސައްކަތްކުރި، "އެން.ވީ. ސަންޝައިން" ކިޔާ ބޮޑު އެލް.ޕީ.ޖީ. ގޭސް އުފުލާ ބޯޓަކަށް ހަމަލާދިންކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯ (IRGC) އިން ބުނެފިއެވެ.


ހޮރުމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެފައި












އީރާނުގެ ނިމް ރަސްމީ ޚަބަރު އޭޖެންސީ ތަސްނީމް މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި، މި ހަމަލާއާ ގުޅިގެން ބޯޓުގެ އިންޖީނު ކޮޓަރިއާއި ބޯޓުގެ ހިންގުމުގެ ނިޒާމުގައި މިހަމަލާއާއި ގުޅިގެން ބޮޑު އަލިފާންގަނޑެއް ރޯވިކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހޮރުމޫޒު ކަނޑުއޮޅި މެނޭޖުކުރުމުގެ ޒިންމާ އޮންނާނީ އައި.އާރު.ޖީ.ސީ.ގެ އަތުގައިކަމާއި، އެ ސަރަހައްދުގައި ދުޝްމަން ގައުމުތަކުންކުރާ ދަތުރުތައް ހުއްދަނުކުރާނެކަމެވެ.

މީގެ އިތުރުން، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (UKMTO) އިން ވަކިން ބުނެފައިވަނީ، އެކުވެރި ޢަރަބި އިމާރާތުގެ އަލް ޖަޒީރާއިން 13 ނޯޓިކަލް މޭލު ހުޅަނގުން ބޯޓަކަށް ނޭނގޭ ބާވަތެއްގެ ޕްރޮޖެކްޓައިލްއެއް ޖެހި، އަލިފާނެއް ރޯވެފައިވާކަމެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް