Business Featured

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން އާ ޕްރޮރަޑަކްޓެއް ތަޢާރަފް ކުރަނީ

Advertisement
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން އާ ޕްރޮރަޑަކްޓެއް ތަޢާރަފް ކުރަނީ
Photo: Social Media
ތަފްޞީލް

އެސްޓީއޯއިން ނެރުނު ބަޔާނުގައި އެކުންފުނިން ހާމަކޮށްފައިވަނީ އެކުންފުނީގެ ސްޓޯލްތައް މިފަހަރު ޚާއްޞަ ކުރާނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީ އަށް ކަމަށެވެ.

 

އެސްޓީއޯއިން ހާމަ ކުރައްވާ ގޮތުގައި އެކުންފުނިން، ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އާ ޕްރޮޑަކްޓެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ޕްރޮޑަކްޓް ތައާރަފް ކުރާނީ މި އެގްޒިބިޝަންގެ ދެވަނަ ދުވަހު ކަމަށާއި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތު އެސްޓީއޯ ސްޓޯލުން ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ޕީޕަލްސް ޗޮއިސް ސުޕާމާޓްން ލިބޭ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭނެ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަންއެއް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭ ލިބޭނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.


އެސްޓީއޯ އެނާޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތް ގޮތް ބަލާނެ ކަމަށް އެސްޓީއޯ އިން މައުލުމާތު ދެއެވެ.

 

އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި އަދި ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. 


Share this article: Facebook Twitter WhatsApp
Related Articles