News Featured

ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިންމުމުގެ ޕްރޮޕޯޒަލަށް ޓްރަމްޕް ދެކޮޅުހަދައިފި

Advertisement
ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިންމުމުގެ ޕްރޮޕޯޒަލަށް ޓްރަމްޕް ދެކޮޅުހަދައިފި
ތަފްޞީލް

މައްސަލަ ބޮޑުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށެހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފިއެވެ.

ނިވްޔޯކްގައި ބޭއްވުން އދ. ގެ 81 އެއްވަނަ އާއްމު ޖަލްސާގެ ހަވާސާގައި ޤަތަރު މެދުވެރިކޮށް ތެހެރާނުން ވޮޝިންޓަނަށް ހަނގުރާމަ ހުއްޓާލާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ ޕްލޭނެއް ހުށެހެޅިއެވެ. މި ޕްލޭނުގައި ކަނޑުއޮޅި ހަތްދުވަހުގެ ތެރޭގައި އަލުން ހުޅުވައި އަސްކަރީ ހަރަކާތްތައް ހުއްޓާލަން އީރާނުން ބޭނުންވާގޮތް ހިމަނާފައިވެއެވެ. އީރާނުން ބޭނުންވަނީ އެމެރިކާއިން އެޤައުމުގެ ޕޯޓްތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާށެވެ.

ނަމަވެސް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން، އެ ޕްރޮޕޯސަލަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އީރާން މިހާރު އެއްބަސްވުމަކަށް އެނބުރި އަންނަނީ އެ ޤައުމު ކުރިމަތިލާފައިވާ ދަތިތަކުގެ ސަބަބުން ކަމަށް ބުންޏެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ އަދި ގޭސްގެ ވިޔަފާރީގެ އެންމެ މުހިންމު މަގުތަކުގެ ތެރޭގައި ހިމެނޭ މަގެއްކަމުން، އެ ސަރަހައްދުގައި ހިނގާ ކޮންމެ ހަރަކާތަކާވެސް ދުނިޔޭގެ އިޤްތިޞާދާއި ތެލުގެ އަގުތަކާއި އޮންނަނީ ސީދާ ގުޅިފައެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށްފެށި މި ހަނގުރާމަ އެތަކެއް މަސްތަކަކަށް ދެމިގެން ދިޔައިރު، އެ ކަނޑުއޮޅިން ހިނގާ ޝިޕިންގެ ހަރަކާތްތައް ވެސް ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ.

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވަނީ މައްސަލަތައް ހައްލުކުރުމުގެ އެންމެ ރަނގަޅު މަގަކީ ޑިޕްލޮމަސީ ކަމަށެވެ. އަދި އެހެންކަމުން އީރާނުގެ ޕްރޮޕޯސަލަށް މެދުވެރިންގެ ފަރާތުން ރަސްމީ ޖަވާބެއް ލިބޭތޯ އީރާނުން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles