World Featured

ހޯރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއަށް ދަތިވެ، ޔޫރަޕުން ޑީޒަލް ރިޒާވް ދޫކުރުމަށް އެއްބަސްވެއްޖެ

Advertisement
ހޯރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއަށް ދަތިވެ، ޔޫރަޕުން ޑީޒަލް ރިޒާވް ދޫކުރުމަށް އެއްބަސްވެއްޖެ
ތަފްޞީލް

އީރާނުން ހޯރުމުޒު ކަނޑުއޮޅިއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާއަށް ވަރަށް ބޮޑު ތެލުގެ ދަތިކަމަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހާއްސަކޮށް ޑީޒަލާއި ގޭސޮލީންގެ ދަތިކަން ވަނީ ބޮޑުވެފައެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕްގެ ގައުމުތަކުގައި ހުރި އެމަރޖެންސީ ޑީޒަލް ރިޒާވްތައް ބާޒާރަށް ނެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫރަޕަށް ބޮޑެތި ޕްރެޝަރުތަކެއް ކުރައްވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގައި ޑީޒަލްގެ އަގު ރެކޯޑް މިންވަރަކަށް އުފުލެމުންދިއުމާއެކު، ޓްރަމްޕްގެ އިދާރާއިން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ޑީޒަލް ރިޒާވުން ތެޔޮ ބާޒާރަށް ދޫކުރުމަށް ބާރުއަޅާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޔޫރަޕްގެ ރިޒާވްތަކުން ގާތްގަނޑަކަށް 120 މިލިއަން ބަރެލްގެ ޑީޒަލް ދޫކުރުމަށް އެމެރިކާއިން ވަނީ އެދިފައެވެ.

ޚާއްޞަކޮށް، ޖަރުމަނާއި ފްރާންސްގެ އެމަރޖެންސީ ޑީޒަލް ރިޒާވްތައް ދޫކޮށް މަދުކުރުމަށް އެމެރިކާއިން އެދިފައިވާ ކަމަށްވެއެވެ.

އަދި ޔޫރަޕްގެ ގައުމުތަކުން މި އެދުމަށް އަމަލުނުކޮށްފިނަމަ، އެމެރިކާއިން ބޭރަށް ޑީޒަލް އެކްސްޕޯޓްކުރުން މަނާކުރުން ނުވަތަ ފިޔަވަޅުތަކެއް އަޅާފާނެކަމުގެ އިންޒާރު ރައީސް ޓްރަމްޕް ދެއްވާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިއާއެކު، ޔޫރަޕްގެ ގައުމުތަކުން ވަނީ ޑީޒަލް ރިޒާވް ދޫކުރުމާ ގުޅޭގޮތުން ކުއްލި މަޝްވަރާތަކެއް ބާއްވާފައެވެ. މި މައްސަލައިގައި ފްރާންސް، ޖަރުމަނު، އިޓަލީ، އަޔަރލޭންޑް، ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އަދި ޔޫރަޕިއަން ކޮމިޝަނުން މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ޓްރަމްޕް އިއުލާން ކުރެއްވި ގޮތުގައި، ޔޫރަޕްގެ ޑީޒަލް ރިޒާވްގެ ބޮޑު ބައެއް ވަގުތުން ދޫކުރުމަށް ޔޫރަޕުން ވަނީ އެއްބަސްވެފައެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އާންމުވި ރިޕޯޓްތަކަށް ބަލާއިރު، ޖީ7 (G7) ގެ ގައުމުތަކުން ވަނީ 100 މިލިއަން ބަރެލްގެ ޑީޒަލް ދޫކުރުމަށް އެއްބަސްވެފައެވެ.

ނަމަވެސް، ކޮން ގައުމަކުން ކިހާ މިންވަރެއްގެ ޑީޒަލެއް ދޫކުރާނެކަމުގެ ފުރިހަމަ ތަފްސީލުތައް އަދި އިއުލާނެއް ނުކުރެއެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް