Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Sports Featured

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ، ލަނޑެއް ނުވަދެ އާސެނަލް އިން ހޯދަމުން އައި ކާމިޔާބީގެ ސިލްސިލާ ނިއުކާސަލް އަތުން 2-2 އިން އެއްވަރުވުމުން ނިމުމަކަށް އަތުވެއްޖެ.

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެ، ލަނޑެއް ނުވަދެ އާސެނަލް އިން ހޯދަމުން އައި ކާމިޔާބީގެ ސިލްސިލާ ނިއުކާސަލް އަތުން 2-2 އިން އެއްވަރުވުމުން ނިމުމަކަށް އަތުވެއްޖެ.
photo: The Telegraph
ތަފްޞީލް

މި މެޗަކީ 2025 ވަނަ އަހަރުގެ ކަރަބާއޯ ކަޕް ކާމިޔާބުކޮށް 56 އަހަރު ފަހުން ނިއުކާސަލް އަށް ތަށްޓެއް ހޯދައިދިން ކެޕްޓަން ބްރޫނޯ ގިމަރޭސް، އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ސެއިންޓް ޖޭމްސް ޕާކަށް އެނބުރި އައި މެޗެވެ. ދެވަނަ ހާފުގައި އޭނާ ބޭލި ނަމަވެސް، މެޗު ނިމުމުން ދަނޑު ވަށައި ބުރެއް ޖެހިއިރު ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.


photo: Sky sports

ފަހަތަށް ވެއްޓުމާއެކު އާސެނަލް އަށް ލިބުނު އިތުރު ހިތާމައަކީ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ގޯލްކީޕަރު ޑޭވިޑް ރާޔާ ބާލަން ޖެހުމެވެ. ކޯޗު މިކެލް އާޓެޓާ ބުނީ އޭނާގެ އަނިޔާގެ ސީރިއަސްކަން ބެލުމަށް މާދަމާ (އާދީއްތަ ދުވަހު) އެމްއާރްއައި ހަދާނެ ކަމަށެވެ.


ނަމަވެސް މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނޯނީ މަޑުއެކޭ ޖެހި ލަނޑުން އާސެނަލް އަށް ޕޮއިންޓެއް ކަށަވަރުވިއެވެ. މި ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އަށް އޮތް ލީޑު ދެވަނައިގައި އޮތް ބްރައިޓަން އަށް ވުރެ ހަ ޕޮއިންޓަށް ފުޅާވިއެވެ.


ކޯޗުންގެ ބަސް:

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ 2-0، 3-0 ނުވަތަ 4-0 އަށް ލީޑު ފުޅާކުރެވެން އޮތް ކަމަށާއި، މިއަދު ގެއްލުނީ ދެ ޕޮއިންޓު ކަމަށް އިހުސާސްވާ ކަމަށެވެ. ދެވަނަ ހާފުގައި ފެންވަރު ދަށްވެ، ލަނޑެއް ދިނުމާއި ސެޓް-ޕީހަކުން ލަނޑެއް ވަނުމުން މެޗު އޮޅުންބޮޅުން ވީ ކަމަށާއި، ފަހު 25 މިނެޓު މޮޅަށް ކުޅެ ލަނޑު ޖެހި ނަމަވެސް ތިންވަނަ ލަނޑު ޖަހަން ވަގުތު ނުލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.


ނިއުކާސަލްގެ ކޯޗު މަތިއަސް ޖެއިސްލޭ ބުނީ 90 މިނެޓަށް ބަލާއިރު މިއީ އިންސާފުވެރި ނަތީޖާއެއް ކަމަށާއި، ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ހިތްވަރާއި ސަޕޯޓަރުންގެ ޖޯޝުން ގައިން ހީބިހި ނެގި ކަމަށެވެ. އަދި މި އެއްބައިވަންތަކަމާއި ކުޅުމުގެ ސްޓައިލަކީ ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓަން ޖެހޭ މިންގަނޑު ކަމަށް އޭނާ ބުންޏެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all