އެޕަލް ބްރޭންޑްގެ އުފެއްދުމެއްގެ މައުލޫމަތު ލީކުކޮށްލައިފި
ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެ ޕަލްގެ މި އުފެއްދުމުގެ މައުލޫމާތު ލީކުކޮށްލައިފައިވަނީ މާކެޓް ކުރުމުގެ ބޭނުމެއްގައެވެ. އެއީ އެޕަލްއިން ދާދިފަހު ނެރުނު އެޕަލް ފޯނުތައް އަގުބޮޑު ވުމުގެ ސަބަބުން ވިޔަފާރި ކޮށްމެވެސް ވަރަކަށް ދަށްވެފައިވާތީ އަލަށް ނެރޭ އުފެއްދުމުން މާކެޓަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށް ބެލެތީ ކަމަށް ވެއެވެ.
އެޕަލް ކުންފުނިން އަލަށް ތަޢާރަފްކުރާ ހޯމްކިޓް ކޮންޓްރޯލާއި މޫސުންލަފާ ކުރާ ގޮތާއި ވީޑިއޯ ބެލުމަށް ޚައްޞަކޮށްގެ ތައާރަފްކުރާ އުފެއްދުމުގެ މައުލޫމާތުތައް ލީކް ކޮށްލައިފައި މިވަނީ އެ ޕްރޮޑަކްޓް ލޯންޗްކުރަން ތައްޔާރުވަމުންދާ ދުވަސްވަރެއްގައެވެ.
ފާރުގައި ހަރުކުރާ ގޮތަށާއި މޭޒުމަތީގައި ބައިންދާލެވޭގޮތަށް ތަފާތު ރީތި 2 ޑިޒަނަކަށް ތައްޔާރުކޮށްފައިވާ މި ޕްރޮޑަކްޓަކީ ފޭސްޓައިމް ބޭނުންކޮށްގެން ފޯނު ކޯލު ކުރުމާއި ގެއަށް ވަދެ ނިކުމެވާ މީހުންނާއި ގޭގައި ދިރިއުޅޭ މީހުން ދެނެގަނެ މޮނިޓަރކޮށް ޕްރޮފައިލް ބަދަލުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އަދި ކެމެރާ އާއި ޚާއްޞަ ސެންސަރު ބޭނުންކޮށްގެން އެކަކު އަނެކަކާއި ދެމެދުގައިވާ މިންތައްވެސް މި ޑިވައިސުން ބުނެދޭނެއެވެ.
އެޕަލްގެ މި ޑިވިއަސްއަކީ ގޭތެރޭގެ ސެކިއުރިޓީ އާއި ރައްކާތެރިކަމަށް އެހީތެރިވެދޭނެ ގޮތަކަށް ފަރުކޮށް އުފައްދާފައިވާ އުފެއްދުމެއްކަމަށް ވެއެވެ.
