Sports Featured

ޗެސް ކުޅުންތެރިންނާއި ކޯޗްންގެ ދަފްތަރެއް އެކުލަވައިލަނީ

Advertisement
ޗެސް ކުޅުންތެރިންނާއި ކޯޗްންގެ ދަފްތަރެއް އެކުލަވައިލަނީ
ތަފްޞީލް

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) ގެ ފަރާތުން ރާއްޖޭގައި ޗެސް ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށްޓަކައި ޗެސް ކުޅުންތެރިންނާއި ޗެސް ކޯޗުންގެ ރެޖިސްޓްރޭޝަން އެއް އެކުލަވައި ލުމަށްޓަކައި ޗެސް ކުޅުންތެރިންނާއި ޗެސް ކޯޗްން ރަޖީސްޓްރީ ވުމަށް ހުޅުވާލައިއެވެ.

 

ޗެސް އެސޯސިއޭޝަން އިން އާއްމުކޮށްފައިވާ އިއުލާންގައިވާ ގޮތުން ކުޅުންތެރިންގެ އިތުރުން ރާއްޖޭގައި ޗެސް ކޯޗިންގގެ ދާއިރާއިން ތަމްރީނުވެފައިވާ، އަދި ކޯޗުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިބިފައިވާ ސެޓްފިކެޓާއެކު ނުވަތަ ޗެސް ކުޅުމާއި ދަށްކޮށްދިނުމަށް ޝައުޤުވެރިވާ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރު 29 ވަނަ ދުވަސް ނިމުމުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށެވެ.

 

ޗެސް އެސޯސިއޭޝަންގައި ކުޅުންތެރިންނާއި ކޯޗްން ރަޖިސްޓްރީ ވުމަށް ލިންކްއަށް ފިތާލައްވާ! 


Share this article: Facebook Twitter WhatsApp
Related Articles