Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްޓާޓްއަޕް ގްރާންޓް 2026" އަށް ހުށަހެޅުމުގެ ފުރުސަތު 10 ނޮވެމްބަރގައި ހަމަވަނީ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްޓާޓްއަޕް ގްރާންޓް 2026" އަށް ހުށަހެޅުމުގެ ފުރުސަތު  10 ނޮވެމްބަރގައި ހަމަވަނީ!
ތަފްޞީލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އާ އުފެއްދުންތެރި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް" ގެ 2026 ވަނަ އަހަރުގެ އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ވަނީ އިއުލާންކޮށްފައެވެ. މި ޕްރޮގްރާމަކީ ޒުވާން އަދި އާ ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ފުރުސަތެއް ތަނަވަސްކޮށްދޭ ފަންޑެކެވެ. މި ސްޓާޓްއަޕް ގްރާންޓްގެ ދަށުން ހޮވޭ ކާމިޔާބު 2 ފަރާތަކަށް، ކޮންމެ ފަރާތަކަށް ވެސް އެންމެ ގިނަވެގެން 500,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންވަނީ އުމުރުން 18 އަދި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށެވެ. އަމިއްލަ ފަރުދުންނަށް ނުވަތަ ޖޮއިންޓްކޮށް ވެސް މިކަމަށް އެދި ހުށައެޅޭނެއެވެ. ނަމަވެސް، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް މި ސްކީމުގައި ބައިވެރިއެއް ނުވެވޭނެއެވެ. ހުށައަޅާ ވިޔަފާރީގެ ޚިޔާލަކީ އަލަށް ފަށާ ވިޔަފާރިއަކަށް ވެފައި، މީގެ ކުރިން 12 މަސް ދުވަހަށްވުރެ ގިނަ ދުވަހު ހިންގާފައިވާ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ވިޔަފާރިއެއްގައި ހިއްސާ އޮންނަ ފަރާތަކަށް ވެގެން ނުވާނެއެވެ. މީގެއިތުރުން، ހުށައަޅާ ވިޔަފާރިއަކީ އަލަށް ފަށާ ނުވަތަ އާ އީޖާދީ ޚިޔާލަކަށް ބިނާކޮށްފައިވާ ވިޔަފާރިއަކަށް ވާންޖެހޭނެއެވެ. މި އެހީއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 ނޮވެމްބަރު 10 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިއެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި ދެ މަރުހަލާއެއް ކުރިއަށް ގެންދާނެއެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭން އިވެލުއޭޓްކުރުމަށްފަހު، އެންމެ ފާހަގަކޮށްލެވޭ 10 ފަރާތެއް ދެވަނަ މަރުހަލާއަށް ނުވަތަ ޕްރެޒެންޓޭޝަނަށް ހޮވާނެއެވެ. މި ފަރާތްތަކުން އިވެލުއޭޝަން ކޮމިޓީގެ ކުރިމަތީގައި ޕްރެޒެންޓޭޝަން ހުށަހަޅަންޖެހޭއިރު، އެންމެ މޮޅު 2 ވިޔަފާރި ހޮވައި ފައިސާގެ އެހީ ދެވޭނެއެވެ. މި ގްރާންޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ސުވާލެއް އޮތްނަމަ startupgrant@bml.com.mv އަށް އީމެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި ބީއެމްއެލްގެ ވެބްސައިޓުން އެންމެހާތަފްސީލުތައްލިބިގެންދާނެއެވެ.




Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all