World Featured

16 ލައްކަ ރުޕީސް ވަގަށް ނަގައިފި: އަންހެން ހެދުމުގައި ތިބެ ގޭސް ކަޓަރު ބޭނުންކޮށްގެން އެސް.ބީ.އައި އޭ.ޓީ.އެމް ތަކެއް ފާޅާލައިފި!

Advertisement
16 ލައްކަ ރުޕީސް ވަގަށް ނަގައިފި: އަންހެން ހެދުމުގައި ތިބެ ގޭސް ކަޓަރު ބޭނުންކޮށްގެން އެސް.ބީ.އައި އޭ.ޓީ.އެމް ތަކެއް ފާޅާލައިފި!
ތަފްޞީލް

ސީ.ސީ.ޓީ.ވީ ފުޓޭޖުން ފެންނަ ގޮތުގައި، ޝައްކުކުރެވޭ އެކަކު ހުރީ; އޭނާގެ ވަނީ ކާކުކަން އޮޅުވާލުމުގެ ގޮތުން އަންހެން ހެދުމެއް އަޅައިގެންނެވެ.

ފަތިހުގެ ވަގުތެއްގައި އިންޑިޔާގެ ތެލަންގާނާގެ ކަރިމްނަގަރުގެ ބޭރު ސަރަހައްދުގައި ހުރި އެސް.ބީ.އައިގެ ދެ އޭ.ޓީ.އެމް އަކަށް އަމާޒުކޮށް، ގޭސް ކަޓަރު ބޭނުންކޮށްގެން އޭ.ޓީ.އެމްތައް ފާޅާލައި، ފައިސާތަކާއެކު ފިލާފައިވަނީ އެހެން ސްޓޭޓަކަށް ނިސްބަތްވާ ނުރައްކާތެރި ގްރޫޕަކުން ކަމަށް ތުހުމަތުކުރެވެއެވެ.


ފުރަތަމަ ވައްކަން ކޮށްފައިވަނީ ދަންވަރު 2:30 އާއި 3:00 އާ ދެމެދު ތިއްމާޕޫރުގައެވެ. ޝައްކުކުރެވޭ މީހުން ވަނީ ސެކިއުރިޓީ ސިސްޓަމްތަކާއި ސީ.ސީ.ޓީ.ވީ ކެމެރާތައް ނިއްވާލުމަށްފަހު، އޭ.ޓީ.އެމް ފާޅާލައިގެން ފައިސާތަކާއެކު ފިލާފައެވެ.

އޭގެފަހުން، ފަތިހު 3:35 ހާއިރު ކަރިމްނަގަރު ރޫރަލް ޕޮލިސް ސަރަހައްދުގައިވާ ދުރްޝެދުގައި ހުރި އެސް.ބީ.އައި އޭ.ޓީ.އެމް އަށް އެ ގްރޫޕުން ހަމަލާދިނެވެ. ފުލުހުން ބުނި ގޮތުގައި ޝައްކުކުރެވޭ މީހުން އައީ ސްކޯޕިއޯ ކާރެއްގައެވެ. އަދި ސީ.ސީ.ޓީ.ވީ ކެމެރާތައް ނިވާކުރުމަށްފަހު ނުވަތަ ނިއްވާލުމަށްފަހު، އެންމެ 7 ނުވަތަ 8 މިނެޓު ތެރޭގައި ވައްކަންކޮށް ނިންމާލިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާފައިވާ ވައްކަންތަކެކެވެ.

ސީ.ސީ.ޓީ.ވީ ފުޓޭޖުން ފެންނަ ގޮތުގައި، ޝައްކުކުރެވޭ އެކަކު ހުރީ ކާކުކަން އޮޅުވާލުމުގެ ގޮތުން އަންހެން ހެދުމެއް އަޅައިގެންނެވެ. ތަޙުޤީޤުކުރާ ފަރާތްތަކުން ދަނީ މި ދެ ޙާދިސާގެ ފަހަތުގައިވަނީ އެއް ގްރޫޕެއްތޯ ބަލަމުންނެވެ.

މި ދެ އޭ.ޓީ.އެމް އިން ވަގަށް ނަގާފައިވާ ޖުމްލަ ފައިސާގެ އަދަދު އުޅެނީ ގާތްގަނޑަކަށް 16 ލައްކަ ރުޕީސްގައެވެ. ނަމަވެސް އަދަދު ކަށަވަރުކުރުމުގެ މަސައްކަތް އެސް.ބީ.އައި އިން ދަނީ ކުރަމުންނެވެ.

ހެކިހޯދާ ޓީމާއި 'ކުއްތާ ' ސްކޮޑުން ވަނީ ކުށް ހިންގި ސަރަހައްދަށް ގޮސް ހެކި އެއްކޮށްފައެވެ. އަދި ސްކޯޕިއޯ ކާރު ހޯދައި، ކުށްވެރިން ދެނެގަތުމަށްޓަކައި ރާޖީވް ރާހަދާރީ ހައިވޭއާއި ވަށައިގެންވާ ސަރަހައްދުތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ދަނީ ދިރާސާކުރަމުންނެވެ.

މީގެއިތުރުން، އޭ.ޓީ.އެމްގެ އަލާމް ސިސްޓަމް ރެސްޕޯންސް ލަސްވި ސަބަބުވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.


މި މައްސަލަތައް ރަސްމީކޮށް މައްސަލަ ރެޖިސްޓްރީކޮށް، ޝައްކުކުރެވޭ މީހުން ހޯދުމަށް ޚާއްޞަ ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް