ސުއޫދީގެ ކިންގް ފަހުދު އެއާޕޯޓަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ!
ސުއޫދީ އަރަބިއްޔާގެ އިރުމަތީ މައި ސަރަހައްދުގައި އޮންނަ ދައްމާމުގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ދެ މީހުން މަރުވެ، އިތުރު އަށް މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ސުއޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާގައި މަރުވެފައިވަނީ ސުއޫދީ ރައްޔިތަކާއި އިންޑިއާގެ ރައްޔިތެކެވެ. މީގެ އިތުރުން އަނިޔާވި މީހުންގެ ތެރޭގައިވެސް އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭކަމަށް އިންޑިއާ އެމްބަސީން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ ޚިދުމަތްތަކަށް ވަގުތީ ބުރޫތަކެއް އެރިނަމަވެސް، މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އާދައިގެ ހާލަތަކަށް އައިސް، ދަތުރުފަތުރުގެ ކަންކަން އަލުން ފަށާފައިވާކަމަށް ސުއޫދީ ރަސްމީ އިދާރާތަކުން ބުނެއެވެ. ސަރަހައްދީ ހަމަނުޖެހުންތަކާއި ސެކިއުރިޓީ މަޝްރަހު ގޯސްވުމާ ގުޅިގެން، އެމެރިކާއިން ވަނީ ސުއޫދީގައި ތިބި އެގައުމުގެ ހާއްސަ ނޫން އޮފިޝަލުންނާއި އާއިލާތައް އެގައުމުން ފޭބުމަށް އަންގާފައެވެ.
