Drug
20 stories tagged Drug
ރަސްދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައިފާސްކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފި
އއ. ރަސްދޫގައި އިއްޔެ ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި އެ ރަށުގެ 10 ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.
Ismail
Oct 18, 2026
ދައުލަތުގެ މުއައްސަސާތައް ފެއިލްވުމުން ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް މޭޔަރު އާޒިމް ޒިޔާރަތްކުރައްވައިފި!
އާންމު ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައަކަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ޙައްލެއް ނުހޯދައި، ޒިންމާއިން ރެކެމުންދާތީ، އެކަމާ ނުރުހުން ފާޅުކޮށް މާލޭގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށި ސައީދާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ ސަރަހައްދަށް ވަޑައިގެންފިއެވެ.
Ismail
Oct 18, 2026
ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ސައިކަލުން ޖައްސައި ގަސްދުގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި 4 މީހުން 5 ދުވަހަށް ބަންދުކޮށްފި!
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރުގޮތެއްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، ބޮޑެތި އަނިޔާތަކެއް ދިން ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
Ismail
Oct 18, 2026
މާލޭގެ އެޕާޓްމަންޓެއްގައި "ޑްރަގް ކެފޭ" އެއް ހިންގި 6 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި!
މާލޭގެ އެޕާޓްމަންޓެއްގައި "ޑްރަގް ކެފޭ" އެއްގެ ގޮތަށް މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ތަނެއް ރޭޑްކޮށް، އެ މައްސަލައާ ގުޅިގެން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
Ismail
Oct 18, 2026
ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި!
ފުލުހުން ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
Ismail
Oct 15, 2026
ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފިލްމީ ތަރި އަޒޭ، ޖުމާ އަދި ރޯމަން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި
ވިލިމާލޭގެ ކޮޓަރިއެއްގެ ތެރޭގައި ހާމައަށް ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތިން ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (44އ)، އިސްމާއީލް ޖުމައިހް (35އ)، މުހައްމަދު ވިޝާލް (29އ) އަދި އިތުރު މީހަކު ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
Abdulla
Oct 10, 2026
12 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި: އޭގެ ތެރޭގައި 72 ކިލޯގެ ޑްރަގު ކޭހާ ގުޅުންހުރި މީހަކު ހިމެނޭ
ތައިލެންޑުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި ދެ ދިވެހިންގެ އަތުން ފެނިފައިވަނީ 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އާއި 10 ކިލޯގެ ކެނަބިސް (ގަންޖާ) އެވެ. މި ތަކެތި ފެނިފައިވަނީ އެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު، ފެންއަޅާ ތާރުމޯޒްތަކާއި އަންނައުނުތަކުގެ ތެރޭގައި ފޮރުވާފައި ހުއްޓާއެވެ.
Ajay
Oct 8, 2026
އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ އެންމެ މެންބަރުން ވަކިކޮށް، އޭނާ އަލުން ޖަލަށް ބަދަލުކޮށްފި
އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގި ކަމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަބްދުﷲ އިބްރާހީމް (އަބުޗާ) ގާނޫނާ ހިލާފަށް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި، ޕެރޯލް ބޯޑުގައި ތިއްބެވި ހުރިހާ މެންބަރުން މަގާމުން ވަކިކޮށް، އަބުޗާ އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
Abdulla
Oct 6, 2026