News Breaking Featured

ދައުލަތުގެ މުއައްސަސާތައް ފެއިލްވުމުން ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް މޭޔަރު އާޒިމް ޒިޔާރަތްކުރައްވައިފި!

Advertisement
ދައުލަތުގެ މުއައްސަސާތައް ފެއިލްވުމުން ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް މޭޔަރު އާޒިމް ޒިޔާރަތްކުރައްވައިފި!
X
ތަފްޞީލް

އާންމު ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައަކަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ޙައްލެއް ނުހޯދައި، ޒިންމާއިން ރެކެމުންދާތީ، އެކަމާ ނުރުހުން ފާޅުކޮށް މާލޭގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށި ސައީދާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ ސަރަހައްދަށް ވަޑައިގެންފިއެވެ.


މާލޭގެ މަގުތަކުގައި މީހަކު ކަންބޮޑުވާފަދަ އުނދަގޫތަކާއި ނުރައްކާތައް ކުރިމަތިކުރަމުންދާ މައްސަލާގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ފުލުހުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ސައީދު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ. އޭނާ ބުނެފައިވަނީ މުއައްސަސާތަކުން މިކަމަށް ވަކި ގޮތެއް ނިންމައި އެކަށީގެންވާ ޙައްލެއް ލިބެންދެން މި ހަޅުތާލު ހުއްޓައިނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.



މި ހަޅުތާލުގެ މަޢުލޫމާތު ލިބިވަޑައިގަތުމާއެކު، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ސައީދު ހަޅުތާލުކުރަމުންދާ ސަރަހައްދަށް ވަޑައިގެން އޭނާގެ ޙާލު ބައްލަވާފައެވެ. މީގެއިތުރުން އާންމުންނަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާގުޅޭ އިދާރާތަކުން މަސައްކަތްކުރަންޖެހޭކަން ފާހަގަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް