ރަސްދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައިފާސްކޮށް، ގިނަ ބަޔަކު ހައްޔަރުކޮށްފި

އއ. ރަސްދޫގައި އިއްޔެ ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި އެ ރަށުގެ 10 ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ތަކެތި ހޯދައިފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ:
* އއ. ރަސްދޫ، ހަވާމަންޒިލް، އިބްރާހީމް ދިނާން، 30،
* އއ. ތޮއްޑޫ ހިކިފިނިފެންމާގޭ ރިމާޒު މުޙައްމަދު، 29،
* އއ. ރަސްދޫ، ކާނޭޝަންމާގޭ، ވަސީމް، 42،
* މެހެދީ ހަސަން، 27، ބަންގްލަދޭޝް،
* އއ. ރަސްދޫ، ފެހިވިނަ، އަޙްމަދު އިކުލީލް، 37،
* އއ. ރަސްދޫ، ގުލްދަސްތާގޭ އަޙްމަދު ޢަރީފު، 37،
* އއ. ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު، 21،
* އއ. ރަސްދޫ ކާނޭޝަންމާގޭ، އަޙްމަދު މުޙައްމަދު، 44،
* ހދ. ކުމުންދޫ، ވިދުވަރުގޭ ލީނާ މޫސާ، 23،
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެކި މުއްދަތަށް އެމީހުންގެ ބަންދު އިތުރުކޮށްދީފައެވެ. އެގޮތުން:
10 ދުވަހުގެ ބަންދު: ދިނާން، ރިމާޒް، ވަސީމް އަދި މެހެދީ
7 ދުވަހުގެ ބަންދު: އިކުލީލް
5 ދުވަހުގެ ބަންދު: ޢުލްވާން، ޢަރީފް އަދި އަޙްމަދު
3 ދުވަހުގެ ބަންދު: ލީނާ
މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެއްޗާއި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.