Latest News
އެންމެ ފަހުގެ ޚަބަރު
654 articles
"ވަގަށް" އެތެރެވި ކަމަށް ބުނާ 2 ބޯޓްގެ މަސައްލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީއަށް ހުށަހަޅައިފި
މެންބަރު ކުޑޫ ހުށަހަޅުއްވާފައިވާ ހުށަހެޅުމުގައި މި ހާދިސާއަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ގައުމީ ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވެގެން ދިޔަ ކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއިން މި ކަންކަން ބައްލަވައި އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ވަނީ އެދި އެދިވަޑައިގެންފައެވެ.
އިއްޔެއިން މިއަދަށް އެންމެ ގިނައިން ވާރެ ވެހުނީ އައްޑޫ ގަމަށާއި ގދ. ތިނަދޫ އަދި ހުޅުމާލެއަށް
މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފއިވާ މައުލޫމާތަށް ބަލާއިރު 2026 ސެޕްޓެމްބަރު 11 ހެނދުނު އަށަކުން 2026 ސެޕްޓެމްބަރު 12 ހެނދުނު އަށަކަށް އަތޮޅު ގަމަށް 183 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ހުވަދުއަތޮޅު ތިނަދޫއަށް 87.6 މިލިމީޓަރުގެ ވާރޭވެހުނެވެ. އަދި ކާފުއަތޮޅު ހުޅުމާލެއަށް 86.4 މިލިމީޓަރުގެ ވާރެ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވެއެވެ.
ކޮލަމާފުށީގައި ކެންޕަހެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވާ ގޮތުން ބީލަށް ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރާނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގްރޭޑް 6, 5, 4, ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެމްޑީޕީގެ "ރަށްވެހި އުފެއްދުން" ކޮންގްރެސް އޮކްޓޯބަރު 1 ން 3 ށް
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)ން ސެޕްޓެމްބަރު މަހު ބާއްވަން ހަމަ ޖެއްސި އެޕާޓީގެ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަ ނުޖެހުމުގެ ސަބަބުން އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ން 3 ށް ލަސްކޮށްފިއެވެ.
ސިޔާސީ ނުފޫޒު ނުފޯރުވާ ޔުޓިލިޓީ ޚިދުމަތްތައް ރަށްތަކާއި ހަވާލު ކުރުމުން ދައުލަތަށް މާލީ ބުރަ ކުޑަވެގެންދާނެ
ޔުޓިލިޓީ ޚިދުމަތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމެއް ނޫނެވެ. އެއީ ރަށުގެ އިޤްތިޞާދު ވަރުގަދަވެ، ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެ، އަދި ރަށު ފެންވަރުގައި ޒިންމާދާރުކަމާއެކު ކަންކަން ނިންމުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ހަރުދަނާ ހިންގުމެއްގެ ތެރެއިން މިކަން ތަންފީޒުކުރެވިއްޖެނަމަ، މިއީ މުޅި ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް އެޅޭނެ ވަރަށް އަގުހުރި ފިޔަވަޅަކަށް ވެގެންދާނެއެވެ.
އިނގިރޭސިން ރާއްޖެއަށް - ޗާގޯސް ކަންތަކާ ރާއްޖޭއިން ނޫޅެ އެހެން ކަމަކާއުޅޭ
ދިވެހިރާއްޖެއިން ޗާގޯސް އާއިމެދު ދާދިފަހަކުން ދައުވާ ކުރަން ފަށައިފާވާއިރު، ޗާގޯސް ރައްޔިތުންގެ ގޮތުގައި ކުރިންތިބި އެއްވެސް ބަޔަކު އެމީހުންނަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ނުވަތަ ރާއްޖޭގެ ބާރުގެ ދަށުގައި ނުވަތަ ރާއްޖޭ ހިމާޔަތުގައި ނުވަތަ ރާއްޖެއާއި ގުޅުން އޮތް ބައެއް ކަމުގައި ބުނެފައެވެ. ޗާގޯސްއަށް ނިސްބަތްވާ ރައްޔިތުން ގަދަކަމުން އެރަށްތަކުން ބާލައި އެހެން ތަންތާ ވަޒަވެރި ކުރުމުން އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމަށް ވަކާލާތުކޮށް އަޑު އުފުލާތާ އެތަކެއް އަހަރު ތަކެއް ވަނީ ވެފައެވެ.
ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން އެވޯޑް ލިބިފައިވާ މާފުށީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބަޔަކު ހޯދަނީ
ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން އެވޯޑް ލިބިފައިވާ މާލެއަތޮޅު މާފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ.
އައިފޯން 18 ޕްރޯ، ފޯލްޑަބަލް އައިފޯން އަލްޓްރާ އަދި އެހެނިހެން އުފެއްދުންތައް: ސެޕްޓެމްބަރު 9 ގައި އެޕަލްއިން ތައާރަފުކުރާނެ ކަމަށް ބެލެވޭ ވަސީލަތްތައް
މިއަދު ބާއްވާ އަހަރުގެ އެންމެ އިންތިޒާރުކުރެވޭ އެއް ހަރަކާތުގައި، އެޕަލްއިން އާ ޖީލުގެ އައިފޯންތަކާއެކު އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް މޮޑެލްތައް ދައްކާލާނެ ކަމަށް ބެލެވެއެވެ. "ސަޕްރައިޒް އެންޑް ޝައިން" ގެ ނަމުގައި ރަސްމީކޮށް ބާއްވާ މި އިވެންޓް އޮންނާނީ އެޕަލް ޕާކުގައި، ޕެސިފިކް ގަޑިން ހެނދުނު 10:00 ގައެވެ. މި ހަރަކާތް އެޕަލްގެ ވެބްސައިޓާއި އެޕަލް ޓީވީ މެދުވެރިކޮށް އޮންލައިންކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މި ހަރަކާތުގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަށް ބެލެވެނީ ގިނަ ދުވަސްތަކެއް ވަންދެން އަޑުފެތުރިފައިވާ އެޕަލްގެ ފުރަތަމަ ފޯލްޑަބަލް (ފަތްޖެހޭ) ސްމާޓް ފޯނަށެވެ.
ބޭންކް އޮފް މޯލްޑިވްސް ދުނިޔޭގެ ރެކޯޑް ފޮތަށް
ބީއެމްއެލް އިން މައުލޫމާތު ދެއްވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެން ގުޅިގެން ކުރަންޖެހޭނެ ކަމެއް ކަމަށާއި ރާއްޖެގެ ދިރިއުޅުމާއި އިޤްތިޞާދު އެކަމެއްގެ މަތީގައި އެންމެ ބޮޑަށް ބަރޯސާވެފައިވާ ކަމަކީ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މައްޗަށެވެ. އެހެންކަމުން އެކަމުގެ މުހިމުކަން ހާމަކޮށްދިނުމާއި ޤައުމީ މަސައްކަތުގައި މުޖުތަމަޢު އާއި ފަރުދުން ޢަމަލީ ގޮތުން ބައިވެރިވުމަކީ މިޙަރަކާތް ހިންގުމުގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމުގައެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް މޮސްކޯ، ސެންޓްޕީޓަސްބާގް އަދި އަލްމަޓީގައި ރޯޑްޝޯތަކެއް ބާއްވަނީ
"އައިއެމް މޯލްޑިވްސް ސީއައިއެސް ރީޖަން ރޯޑްޝޯ" މި ނަމުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް 2026 ސެޕްމްބަރު މަހުގެ 21 ން 25 ށް ކުރިއަގެންދާ މިޙަރަކާތުގައި 25 ކުންފުންޏަކުން ފަންސާހަސްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގާ 3 ސިޓީން 180 އަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުން ބައިވެރިވާނެ ކަމަށްވެސް މައުލޫތު ދެއްވައެވެ.
ކޯޓްތަކުގެ ޤާނޫނަށް ބަދަލު ގެނެސް "ކުދި ވިޔަފާރިތަކަށް ޚާއްޞަ" ކޯޓެއް އުފައްދަނީ
މި ބަދަލުގެ ދަށުން އެއްލައްކަ ރުފިޔައަށްވުރެ ކުދި މައްސަލަތައް އަވަހައް ނިންމުމަށް ސްމޯލް ކްލެއިމްސް ކޯޓެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށާއި މަދަނީ ކޯޓްގައި ކޮމާޝަނލް ޑިވިޝަނެއް ނުވަތަ އިތުރު ކޯޓެއް އުފެއްދުމަށްވެސް ނިންމަވަފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ސްޕަރބްރޭންޑްސް ލޯންޗުކުރުން: ވިޔަފާރިތަކަށް އައު އުސްމިނެއް
ދުނިޔޭގެ ވިޔަފާރީގެ ވާދަވެރި މާހައުލުގައި، ކޮންމެ ބްރޭންޑަކަށްވެސް އެންމެ މުހިންމު އެއް ކަމަކީ ކަސްޓަމަރުންގެ އިތުބާރާއި ޤަދަރު ހޯދުމެވެ. މިގޮތުން ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ އިތުބާރު ހިފޭ އެއް މިންގަނޑަކީ "ސްޕަރބްރޭންޑްސް" އެވެ. ބްރޭންޑިންގގެ ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމުގައިވާ ސްޕަރބްރޭންޑްސް ދިވެހިރާއްޖެއަށް ތަޢާރަފުވެގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.