މާލެއިން ފުރައިގެން ގދ.ތިނަދޫއަށް ދަތުކުރި ދެރަހަ ބޯޓް ފަރަށް އަރައިފި
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް ރޭ ފަރަށް އަރައިފިކަމަށް ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ތިނަދުއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ނަމަކަށްކިޔާ ބޯޓުގައި ތިބި ފަޅުވެރިންނަށް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
GDh. Thinadhoo ah mudhaa ufulaa Jazeera boat Atollah adiah dhanee. https://t.co/zAkowYyndL
— Accidents in Maldives (@AccidentsMV) July 9, 2026
އެ ހާދިސާ ރިޕޯޓްކުރީ ރޭ ދަންވަރު 12:30 ވީ ފަހުން ކަމަށާއި ރިޕޯޓް ލިބުމާ އެކު ކޯސްޓްގާޑު އެތަނަށް ދިޔަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރުކުރީ ހަތަރު ދިވެހީންނާއި ހަތް ބިދޭސީންކަމަށެވެ.އޭގެ ތެރެއިން ހަ މީހަކު އޭގެ ގަޑިއެއްހާއިރު ފަހުން ކޯސްޓްގާޑުގެ ހާބަކްރާފްޓަށް ނެގި ކަމަށެވެ. އަދި ޑިންގީއެއްގައި ފެންފުއްޓާއަށް އަރައިތިބި ތިން މީހަކު ވެސް އޭގެ ފަހުން ހާބަކްރާފްޓަށް ނެގި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ދެރަހަ" ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެންދިޔަ "ސްވިފްޓް" ދޯނި ރޭ ފަތިހު 4:00 ގެ ފަހުން އެ ސަރަހައްދަށް ދިއުމުން ބޯޓުގެ ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

