Ad #82027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
News Featured

ސުޕްރީމް ކޯޓުން ފަރީދުގެ މަރުގެ ހުކުމް ދަމަހައްޓައިފި: މަރަށް މަރު ހިފަން ޝުހާދުގެ މައިންބަފައިން އެދިއްޖެ!

ސުޕްރީމް ކޯޓުން ފަރީދުގެ މަރުގެ ހުކުމް ދަމަހައްޓައިފި: މަރަށް މަރު ހިފަން ޝުހާދުގެ މައިންބަފައިން އެދިއްޖެ!
ތަފްޞީލް

މީގެ 16 އަހަރު ކުރިން, 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި، އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.


މި މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައި ވިދާޅުވީ، 2010 ޖެނުއަރީ 27 ވަނަ ދުވަހުގެރޭ ހިނގި މި ހާދިސާގައި ޝުހާދަށް ފަރީދު ހަމަލާދީފައިވަނީ ދުރާލާ ގަސްދުކޮށްގެން ކަމަށެވެ. ފަރީދު އިތުރު ބަޔަކާއެކު ގޮސް، ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގެ ހަތަރު އަނގޮޅީގައި ހުރި ފަޅުގޭގެ ފާރުބުރިމަތީ ތިބި މީހުންނަށް ހަމަލާދީފައިވަނީ ހަތިޔާރު ހިފައިގެން ކަމަށާއި، މެޑިކޯލީގަލް ރިޕޯޓުތަކާއި ހެކިންގެ ބަހުން ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅި ހަރައި މޭގެ މަސްގަނޑު ފޫއަޅުވާލައިގެން ލިބުނު ޒަޚަމުތަކުގެ ސަބަބުން އޭނާ ނިޔާވިކަން ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ވާއެވެ. ފަރުވާދެމުން ދަނިކޮށް ޝުހާދު ނިޔާވީ ޖެހިގެން އައި ޖެނުއަރީ 28 ވަނަ ދުވަހުގެރޭގައެވެ.


ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދިޔަ އިރު، ފަރީދުގެ ފަރާތުން ވަކީލަކާ ނުލައި އަމިއްލައަށް ވަކާލާތުކޮށް، ފުލުހުން އަނިޔާކުރި ކަމަށާއި ތަހުގީގުގައި އިޖުރާއީ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ނުކުތާތައް އޭނާ ފާހަގަކޮށްފައިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމާ ހިސާބަށް ގޮސްފައިވަނިކޮށެވެ.


މި މައްސަލައިގެ އަޑުއެހުންތައް މީގެކުރިން 2021 ނޮވެމްބަރު 15 ގައި ވެސް ނިންމާލާފައިވީ ނަމަވެސް، އޭރު މައްސަލަ ބެއްލެވި ބެންޗުގެ ގިނަފަނޑިޔާރުން ބަދަލުވުމާ ގުޅިގެން ފަހުން އުއްތަމަ ފަނޑިޔާރު ޣަނީ އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނޭގޮތަށް އާ ބެންޗަކުން މައްސަލަ ބަލައި ނިންމީއެވެ.


މި މައްސަލައިގެ ޝަރީއަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކދައްކަމުން ޝުހާދުގެ މަންމަ އާއި ބައްޕަ ވަނީ، އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުގެ މަތިން ގާތިލް ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ސުޕްރީމް ކޯޓުގައި ސަރީހަކޮށް ބުނެފައެވެ.

އަދި އިސްލާމީ ޝަރީއަތާއި ޤާނޫނުގައި މިފަދަ ކުށްތައް ސާބިތުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތީ، ކްރިމިނަލް ކޯޓާއި ހައިކޯޓުން ފަރީދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ ރަނގަޅަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި، ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިއަދު ފައިނަލް ކޮށްފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all