Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު 22 ދާއިރާއަކުން ހުޅުވާލައިފި

ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު 22 ދާއިރާއަކުން ހުޅުވާލައިފި
Photo: Youth Ministry
ތަފްޞީލް

2025 އިން 2026 އަށް ގައުމުގެ ތަރައްގީއަށް ޒުވާނުން ކޮށްފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އަންނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ "ޒުވާނުންގެ ގައުމީ އިނާމަށް" ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ރަސްމީކޮށް ހުޅުވާލައިފިއެވެ.


ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދޭ މި އިނާމުގެ މައިގަނޑު މަގުސަދަކީ، ގައުމު ބިނާކުރުމުގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމެވެ.


މިނިސްޓްރީން ބުނި ގޮތުގައި ތަފާތު 22 ދާއިރާއަކުން މި އިނާމު ދޭއިރު، އިނާމު ހާސިލުކުރާ ފަރާތްތަކަށް ހާއްސަ އެވޯޑަކާއި ސެޓްފިކެޓެއް ލިބޭނެއެވެ.


އިނާމު ދިނުމަށް ކަނޑައަޅާފައިވާ 22 ދާއިރާ:

  1. ވިޔަފާރި އާއި އިގްތިސާދު
  2. ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން)
  3. އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
  4. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
  5. ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިން)
  6. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  7. ތިމާވެށި
  8. މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
  9. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމަށް މަސައްކަތްކުރުން
  10. ދިވެހި ބަސް ކުރިއަރުވައި އާލާކުރުން
  11. ދިރާސާކުރުން އަދި އާ އުފެއްދުންތައް
  12. ޓޫރިޒަމް
  13. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ
  14. ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުން
  15. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  16. އިސްލާމްދީން
  17. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުން
  18. ވޮލެންޓިއަރިޒަމް (ދަރުމަވެރި މަސައްކަތް)
  19. މަސްވެރިކަން
  20. ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
  21. ދަނޑުވެރިކަން
  22. ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ


ފޯމު ހުށަހަޅަންވީ ގޮތާއި ސުންގަޑި ޝަރުތު ހަމަވާ ޒުވާނުން އަންނަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.

  • ފޯމު ލިބެން ހުންނާނެ ގޮތް: އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީން އާންމުކޮށްފައިވާ ލިންކު ([https://shorturl.at/6RwO0](https://shorturl.at/6RwO0)) މެދުވެރިކޮށް އަދި ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ ޔޫތު މިނިސްޓްރީގެ މެއިން ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
  • ފޯމު ބަލައިގަތުން: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް މިނިސްޓްރީން ފޯމު ބަލައިގަންނާނެއެވެ. މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@sports.gov.mv އަށް އީމެއިލް މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all