ޔާމީން ރަޝީދު މަރާލި މައްސަލައިގެ ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް ނިންމާލައިފި
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހައިކޯޓުން އަލުން ބެލުމަށް އަމުރުކުރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފިއެވެ.
އޭޕްރީލް 2017 ގައި މާލޭގައި ޔާމީން ރަޝީދުގެ ހަށިގަނޑަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރިން އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ. މި މައްސަލަ އަލުން ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ހާމަކުރެއްވި ގޮތުގައި، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
މި މައްސަލައިގައި އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ކުރިން އިއްވި ހުކުމް ބާތިލުކޮށް އަލުން ބަލާއިރު، ދައުލަތުން ވަނީ މީގެ ކުރިން ދަށު ކޯޓުން ކުށްސާބިތުނުވާ ކަމަށް ނިންމި މުޙައްމަދު ދިފްރާން އާއި އިސްމާއިލް ރަޝީދުގެ މައްސަލަވެސް އަލުން ބެލުމަށް ހުށަހަޅާފައެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، ދެފަރާތުން ދައްކަންޖެހޭ އެންމެ ފަހުގެ ވާހަކަތައް ދައްކައި ނިމިފައިވާތީ، އިތުރު އަޑުއެހުމެއް ނުބާއްވައި ދެން އޮންނާނީ ހުކުމް ކަނޑައެޅުން ކަމަށެވެ.
