Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ވިއެޓްނާމަށް މަސްތުވާ ތަކެތި އެތެރެކުރުމުގެ ކުށުގައި ދިވެއްސެއްގެ މައްޗަށް 20 އަހަރުގެ ޖަލުގެ ހުކުމެއްކޮށްފި

ވިއެޓްނާމަށް މަސްތުވާ ތަކެތި އެތެރެކުރުމުގެ ކުށުގައި ދިވެއްސެއްގެ މައްޗަށް 20 އަހަރުގެ ޖަލުގެ ހުކުމެއްކޮށްފި
ފޮޓޯ: ސަން
ތަފްޞީލް

ތައިލެންޑުން ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.


ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު މި ހުކުމް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށެވެ. އަދި އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ވިއެޓްނާމުން ޑީޕޯޓްކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދައުވާގައި ބަޔާންކޮށްފައިވާ ގޮތުން، އަނިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހު ތައިލެންޑްގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކޭމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުންނެވެ. .


ކަސްޓަމްސް އޮފިސަރުން އޭނާގެ ލަގެޖާއި އަތްދަބަސް ސްކްރީންކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓުތަކެއް ވަނީ ފެނިފައެވެ.  ނަމަވެސް، އަނިލްގެ ހަށިގަނޑު ތަހުލީލުކުރިއިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.


ތަހުގީގަށް ހޯދިފައިވާ ގޮތުގައި، މި ތަކެތި ވިއެޓްނާމަށް އެތެރެކުރުމަށް އަނިލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު ހަތް ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓައެވެ. މި މަސައްކަތް އޭނާއާ ހަވާލުކުރީ ތައިލެންޑްގެ ޕަޓާޔާގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ ދަންނަ މީހެކެވެ. އަފޫގެ ވަނަވަރާއި އޭނާ މިހާރު އުޅޭ ތަނެއް އަދި ހޯދިފައެއް ނުވެއެވެ. އަފޫ ވަނީ އަނިލް ވިއެޓްނާމަށް ދިޔުމުން އެހެން މީހަކު ގުޅައި އެ ތަކެއްޗާ ހަވާލުވާނެ ކަމަށް ބުނެފައެވެ.


މަސްތުވާތަކެތި އަނިލް ދަބަހަށް ލީ އަފޫ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަނިލް ހައްޔަރުކޮށްފައިވަނީ މި ތަކެތި ހިފައިގެން ވިއެޓްނާމަށް ގޮސް އިމިގްރޭޝަން މަރުހަލާ ފުރިހަމަކުރަނިކޮށެވެ.



Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all