News Featured

ވެކިއުމް ކްލީނާ "ޖާސޫސަކަށް" ހަދައިގެން އަނބިމީހާގެ ސިއްރު ފަޟީޙަތްކުރި ފިރިމީހާ، ޖަލު ގޮޅިއަށް!

Advertisement
ވެކިއުމް ކްލީނާ "ޖާސޫސަކަށް" ހަދައިގެން އަނބިމީހާގެ ސިއްރު ފަޟީޙަތްކުރި ފިރިމީހާ، ޖަލު ގޮޅިއަށް!
ތަފްޞީލް

ޓައިވާނުގައި ހިނގި މި މަޖާ، އަދި އެހާމެ އަޖައިބުކުރުވަނިވި ހާދިސާ ފެށުނީ، ފިރިމީހާއަށް އަނބިމީހާގެ މައްޗަށް ކުރެވުނު ކުޑަކުޑަ ޝައްކަކުންނެވެ. ގޭގައި ގެންގުޅޭ ކުނިކަހާ ރޮބޮޓު ވެކިއުމް ކްލީނަރަކީ ހަމައެކަނި ކުނިކަހަން އޮތް އެއްޗެއް ނޫންކަން ވިސްނި، އޭނާ ނިންމީ އެ ރޮބޮޓުގެ ބޭނުން "ސިއްރު ޖާސޫސެއްގެ" ގޮތުގައި ހިފާށެވެ.

އެގޮތުން، ރޮބޮޓް ވެކިއުމްގައި އިންނަ ކެމެރާގެ އެހީގައި، އަނބިމީހާ އެހެން ފިރިހެނަކާއެކު ގޭތެރޭގައި އުޅުނު ސިއްރު މަންޒަރުތައް އޭނާ ވަނީ ރެކޯޑުކޮށްފައެވެ. މި ރެކޯޑިންގްތައް ހިފައިގެން މީނާ ދިޔައީ ކޯޓަށެވެ. ވަރިވުމުގެ މައްސަލައިގައާއި ބަދަލު ހޯދުމުގެ މައްސަލައިގައި ކޯޓުން ވަނީ މި ވީޑިއޯތައް ހެކީގެ ގޮތުގައި ބަލައިގަނެ، ފިރިމީހާއަށް ބަދަލުގެ ގޮތުގައި 500,000 ޓައިވާން ޑޮލަރު (ގާތްގަނޑަކަށް 19,000 އެމެރިކާ ޑޮލަރު) ނަގައިދީފައެވެ.

ނަމަވެސް، މައްސަލަ އެންމެ މަޖާވީ ހިސާބަކީ މިއީއެވެ! އަނބިމީހާ އަމިއްލައަށް ކުށްވެރިވި ނަމަވެސް، އޭނާ ދޫނުދީ ދިޔައީ ޖިނާއީ ކޯޓަށެވެ. އަދި ފިރިމީހާގެ މައްޗަށް "އޭނާގެ އަމިއްލަ މިނިވަންކަމާއި ޕްރައިވަސީއަށް އަރައިގަނެ، ސިއްރުން ވީޑިއޯކުރި" ކަމުގެ ދަޢުވާ އުފުލިއެވެ.

ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، ކޮންމެ މީހަކު ކޮންމެ ކުށެއް ކުރިކަމުގައި ވިޔަސް، އަނެކާގެ ނިވާކަމާއި ނިވާކަންކެނޑޭ ފަދަ އަމިއްލަ ކަންކަން ސިއްރުން ރެކޯޑުކުރުމަކީ ޤާނޫނީ ކުށެއް ކަމަށެވެ. އެއާއެކު، ކުނިކަހާ ރޮބޮޓުން އަނބިމީހާ "އަތުލައިގަތް" ފިރިމީހާގެ މައްޗަށް 5 މަސްދުވަހުގެ ޖަލު ހުކުމެއް އައިސް، 150,000 ޓައިވާން ޑޮލަރުން ޖޫރިމަނާކުރިއެވެ.

އެންމެ ފަހުން ވީގޮތަކީ، ވަރި މައްސަލައިން ލިބުނު ފައިސާގެ ބޮޑު ބައެއް ޖޫރިމަނާއަށް ދައްކަންޖެހި، "ބޮޑު އުފަލުގައި" ގޭގައި އުޅެން ހުރި ފިރިމީހާއަށް ޖެހުނީ ކުނިކަހާ ރޮބޮޓުގެ ސަބަބުން ޖަލު ގޮޅިއަށް ވަންނާށެވެ!

Topics:
Share this article: Facebook Twitter WhatsApp
Related Articles