News Featured

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ސަރުކާރުން ތައްޔާރުވަނީ

Advertisement
އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ސަރުކާރުން ތައްޔާރުވަނީ
ތަފްޞީލް

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކޮށް އަލިފާން ނިއްވުމަށްޓަކައި އެންމެ ފަހުގެ ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.


މިކަން ހާމަކުރެއްވީ "އަހާ" ފޯރަމްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދިފާއީ ވަޒީރު މުހައްމަދު ހަސަން ރަޝީދެވެ. ވަޒީރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި އުސް އިމާރާތްތައް ގިނަވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި ޑްރޯން ބޭނުންކުރުމުގެ ދިރާސާތަކާއި ތަޖުރިބާ ދަތުރުތައް މިހާރު ވަނީ ކުރިއަށް ގޮސްފައެވެ.


މި ޕްރޮގްރާމްގެ ދަށުން ބޭނުންކުރާނީ އަލިފާން ނިއްވުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޑްރޯންތަކެކެވެ. މި ފަދަ ޑްރޯންތަކަކީ އަލިފާން ނިއްވާ ކެމިކަލް ނުވަތަ ފޯމް ރޭޑިއޭޓްކޮށް، އިމާރާތުގެ އުސް ހިސާބުތަކަށް އަވަހަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި ހިދުމަތް ރަސްމީކޮށް ސިފައިންގެ އަލިފާންނިއްވާ ހިދުމަތުގައި ބޭނުންކުރަން ފެށުމެވެ.


މީގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވަނީ މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles