ތާރީޚީ ބައިވެރިވުމަކާއެކު "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި.
10 ކިލޯމީޓަރުގެ ބައިން ދިވެހި ދުވުންތެރިންގެ ކާމިޔާބީ މި ފަހަރުގެ ރޭހުގެ 10 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން އެއްވަނަ ހޯދައި ދިވެހި އެތުލީޓުން ވަނީ ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ދައްކާފައެވެ.
. ފިރިހެން ކެޓަގަރީ: އެއްވަނަ ހޯދީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޙުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާ ރޭސް ނިންމީ 34 މިނެޓާއި 35 ސިކުންތުންނެވެ. ދެވަނަ ހޯދި މުޙައްމަދު އިރުފާން 34 މިނެޓާއި 39 ސިކުންތުން ނިންމިއިރު، ތިންވަނަ ހޯދީ 36 މިނެޓާއި 11 ސިކުންތުން ނިންމި ޢަބްދުﷲ ނާޞިޙެވެ.
. އަންހެން ކެޓަގަރީ: އެއްވަނަ ހޯދީ 41 މިނެޓާއި 32 ސިކުންތުން ރޭސް ނިންމި ޢާއިޝަތު ރިޝްމީއެވެ. ދެވަނަ 45 މިނެޓާއި 47 ސިކުންތުން ފަޞޫޙާ އަޙްމަދު ހޯދިއިރު، ތިންވަނަ ހޯދީ 45 މިނެޓާއި 58 ސިކުންތުން ނިންމި އާމިނަތު ޖައިޝާ ޖުނީޒެވެ.
ބައިނަލްއަޤްވާމީ ދުވުންތެރިންގެ ކުރިއެރުން (ހާފް މެރަތަން އަދި 5 ކިލޯމީޓަރު) ވޯލްޑް އެތުލެޓިކްސް ރޭންކިންގ މުބާރާތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާ މި ރޭހުގެ ހާފް މެރަތަން (21.1 ކިލޯމީޓަރު) އަދި 5 ކިލޯމީޓަރުގެ ބައިން ޗެމްޕިއަންކަން ހޯދީ ބޭރުގެ ދެ ދުވުންތެރިންނެވެ. އެގޮތުން ކެންޔާގެ ތައިރޫ ޗޭގޭ ފިރިހެން ބައިން މި ދެ ރޭސްވެސް ކާމިޔާބުކުރިއިރު، އަންހެން ބައިން މި ދެ ރޭހުގެ އެއްވަނަ ހޯދީ ނޭޕާލްގެ ސަންތޯޝީ ޝްރެސްތާއެވެ. މީގެ އިތުރުން، 5 ކިލޯމީޓަރުގެ ބައިން ފަޒީލް އަދި ރިޝްމީ ވަނީ ތިންވަނަ މަޤާމުވެސް ހޯދާފައެވެ.
އިޖުތިމާޢީ އެހީތެރިކަމާއި އިނާމު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި ބާއްވާ މި ރޭހުގައި، ޖުމްލަ 12 ޖަމްޢިއްޔާއަކަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ދުވުންތެރިންގެ ވޯޓުން އެންމެ ކުރީގައި އުޅޭ 5 ޖަމްޢިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ (ކޮންމެ ޖަމްޢިއްޔާއަކަށް 40،000 ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާއިރު، އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޖުމްލަ 296،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
