ސާޓާ އެވާރޑްސް 2026 ގެ "ކަނެކްޓް އެންޑް ކޮންވަސޭޝަންސް" އިވެންޓާއެކު ރަސްމިއްޔާތުގެ ހަރަކާތްތައް މާލޭގައި ފަށައިފި
ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވާރޑްސް (SATA) 2026 ގެ 10 ވަނަ އަހަރީ ރަސްމިއްޔާތުގެ ހަރަކާތްތައް "SATA Connect & Conversations" ނެޓްވޯކިންގ އިވެންޓާއެކު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ފަށައިފިއެވެ.
މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވުނު މި އިވެންޓަކީ ދެކުނު އޭޝިއާގެ 6 ގައުމަކުން (ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބޫޓާން، ބަންގްލާދޭޝް، އަދި ނޭޕާލް) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ހޮޓާ އަދި ރިސޯޓުތަކުގެ އިސްވެރިން ބައްދަލުވެ، ދާއިރާގެ ކުރިއެރުމާއި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވި ޚާއްސަ ހަރަކާތެކެވެ.
މި އަހަރުގެ ސާޓާ އެވާރޑްސްގެ މުހިންމު ފާހަގަކޮށްލުންތައް:
- 10 އަހަރުގެ ފާހަގަކުރުން: 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ސާޓާ އެވާރޑްސްއަށް މިއީ 10 އަހަރު ފުރޭ ފަހަރެވެ.
- ރާއްޖޭގެ ބޮޑު ކާމިޔާބީ: މި އަހަރުގެ އެވާރޑްސްގައިވެސް ދިވެހިރާއްޖެއިން ވަނީ އެކި ކެޓަގަރީތަކުން ޖުމްލަ 36 އެވާރޑް ހާސިލުކޮށް، ސަރަހައްދުގެ އެންމެ ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލްގެ މަގާމު ދަމަހައްޓާފައެވެ.
- ފޭސް އޮފް ސައުތު އޭޝިއާ: ސާޓާގެ އެންމެ ޝަރަފުވެރި "Face of South Asia" ގެ އެވޯޑު މި އަހަރު ލިބިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދަމާސްގެ އިސްވެރިޔާ ދަމާސް ޞާހިޙް އަށެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފަތުރުވެރިކަން ކުރިއަރުވައި، ސަރަހައްދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމެވެ.
