ރޮނާލްޑޯގެ ރިޓަޔާމަންޓަށްފަހު ޕޯޗުގަލްގެ ފުރަތަމަ މޮޅު: ނެޓޯއަށް ރަތް ކާޑު ދެއްކި ފޯރިގަދަ މެޗުގައި ވޭލްސް ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިފި.
ފަރާތުންވެސް ފެނިގެންދިޔައީ ނުހަނު ފޯރިގަދަ އަދި ވާދަވެރި ކުޅުމެކެވެ. މެޗަށް ނުކުތްއިރުވެސް ޕޯޗުގަލްއަށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުވެފައި އޮތްއިރު، ވޭލްސްއަށް އޮތީ އަންނަ މާރިޗު މަހު ލީގު އޭގެ ރެލިގޭޝަން އަދި ޕްރޮމޯޝަން ޕްލޭއޮފް ކުޅެން ޖެހިފައެވެ.

މެޗު ފެށިގެން 11 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ ބާރު ހަމަލާއަކުން ގޯލެއް ޖަހައި ޕޯޗުގަލްއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ޕޯޗުގަލްގެ މި އުފާވެރިކަން ދެމިއޮތީ ކުޑައިރުކޮޅަކަށެވެ. ވޭލްސްގެ ޑޭވިޑް ބްރޫކްސް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 9 ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ސޯބާ ތޯމަސް ވަނީ ވޭލްސްއަށް ލީޑު ހޯދައިދީފައެވެ. އެހެންނަމަވެސް ހާފު ނިމުމުގެ ކުރިން ޗެލްސީގެ ފޯވާޑް ޕެޑްރޯ ނެޓޯ ވަނީ ޕޯޗުގަލްއަށް އަލުން ނަތީޖާ އެއްވަރުކޮށްދީ، ފުރަތަމަ ހާފު ނިންމާލަދީފައެވެ.
ދެވަނަ ހާފުގައި ޕޯޗުގަލްއިން ކުޅުމަށް ގެނައި ބަދަލުތަކާއެކު މެޗުގެ ފަހު ކުއާޓަރުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކާލޯސް ފޯބްސް ވަނީ ގޯލެއް ޖަހައި ޕޯޗުގަލްއަށް އަލުން ލީޑު ހޯދައިދީފައެވެ. މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ މެޗު ނިމެން 16 މިނެޓަށް ވެފައިވަނިކޮށް، ދެ މިނެޓު ތެރޭގައި ދެ ރީނދޫ ކާޑު ދެއްކުމާއެކު ޕެޑްރޯ ނެޓޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ނަމަވެސް 10 ކުޅުންތެރިންނާއެކު ޕޯޗުގަލްއިން ވަނީ މެޗުގެ ފަހު ވަގުތާ ހަމައަށް ލީޑު ހިފަހައްޓައި މެޗު ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ޕޯޗުގަލްއިން ގްރޫޕް އޭ4 ގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މިއީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރި ފަހުން ޕޯޗުގަލް ހޯދި ފުރަތަމަ މޮޅެވެ.
އަނެއްކޮޅުން، މި ބައްޔާއެކު ވޭލްސް ގްރޫޕްގެ ފުލުގައި ނިންމާލީ ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެ، ފަސް މެޗުން ބަލިވެގެންނެވެ. އަދި މިއީ 2026 ވަނަ އަހަރު ވޭލްސް ކުޅުނު 10 މެޗުގެ ތެރެއިން އެންމެ މޮޅަކާއި، ތިން އެއްވަރުވުމުގެ އިތުރުން ހަ ބައްޔާއެކު އެ ޓީމަށް ނިންމާލަން ޖެހުނު މާޔޫސީ އަހަރެކެވެ.

