Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →

ރިވެލި ރެސްޓޯރަންޓް ހުސްކުރުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރު ސިވިލް ކޯޓުން ބާތިލުކޮށްފި.

ރިވެލި ރެސްޓޯރަންޓް ހުސްކުރުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރު ސިވިލް ކޯޓުން ބާތިލުކޮށްފި.
photo:Mihaaru
ތަފްޞީލް

މި މައްސަލަ އުފެދިގެން އައީ، ރިވެލި ރެސްޓޯރަންޓް ހިންގާ ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު އެޗްޑީސީން ވަނީ ސޮލާރިސްއާއެކު ހަދާފައިވާ ވިޔަފާރި އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ސިޓީއަކުން އަންގައިފަ އެވެ. އަދި އެއަށްފަހު އެޗްޑީސީން ވަނީ އެ ތަން ހުސްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.


ނަމަވެސް، އެޗްޑީސީގެ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ސޮލާރިސްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، ވަގުތީ އަމުރަކަށް އެދުނެވެ. ދައުވާ ފޯމާއެކު ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމި ނަމަވެސް، ފަހުން އެޗްޑީސީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ވަނީ ރިވެލި ރެސްޓޯރަންޓްގެ ހިންގުން ހުއްޓޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަން އިޔާދަކުރުމަށް އަމުރުކޮށްފަ އެވެ.


އެ އަމުރު މުރާޖައާކޮށްދިނުމަށް އެޗްޑީސީން ހުށަހެޅުމުން، ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަގުތީ އަމުރު ބާތިލުކުރި މައިގަނޑު ސަބަބުތައް ވަނީ ތަފްސީލުކޮށްދީފަ އެވެ. އެގޮތުން ކޯޓުން ފާހަގަކުރި ކަންތައްތަކަކީ:


. އެޗްޑީސީއަށް އުފުލަންޖެހޭ ބުރަ: ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ނެރުނު އެ އަމުރު ދެމިއޮތުމުގެ ސަބަބުން އެޗްޑީސީއަށް ހައްގު ނޫން ބުރައެއް އުފުލަންޖެހޭކަން.


. މާލީ ބަދަލު ލިބެން އޮތުން: އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، ސޮލާރިސްއަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ލިބޭނެ ފުރިހަމަ އިންތިޒާމު އޮތްކަން. އަދި އަމުރު ދެމެހެއްޓުމަކީ މައްސަލައިގެ މައުޟޫއަށް ގޮތެއް ނިންމާއިރު އެއްފަރާތަށް މިންނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަކަށް ވާތީ، އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަން.


. ހާލަތަށް ބަދަލެއް އައިސްފައި ނުވުން: ފުރަތަމަ ވަގުތީ އަމުރު ނެރެނުދޭން ނިންމި ފަހުން މައްސަލައިގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމާއި، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް އެ ކޯޓުން އަދި ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަން.

މި ކަންކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން ވަނީ މިއަދުން ފެށިގެން އެ ވަގުތީ އަމުރު ބާތިލުކޮށްފަ އެވެ.


މި މައްސަލައާ ގުޅިގެން އެޗްޑީސީން ބުނެފައިވަނީ، އެއްބަސްވުން ބާތިލުކުރީ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވުމުން، އެއްބަސްވުމުގެ އިޖުރާއަތުގެ ތެރެއިން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު ކަމަށެވެ. އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުނިން މިހާތަނަށް ކުލީގެ ގޮތުގައި ފަސް މިލިއަނެއްހާ ރުފިޔާ ދައްކަންޖެހެ އެވެ.


މީގެ އިތުރުން، އެއްބަސްވުން ހެދި ފަހުން ކޮންމެ މަހަކު ގަވާއިދުން ކުލި ނުދައްކާ ކަމަށާއި، އެކަން އެންގުމުން އެންމެ ފަހުން ވެސް ދެއްކީ ކުލީގެ ކުޑަ ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އަދާކުރަންޖެހޭ އިޖުތިމާއީ ޒިންމާގެ އެއްވެސް ކަމެއް ވެސް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.


އެޗްޑީސީއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ވިޔަފާރި ބިންތަކާއި ފްލެޓުތަކުގެ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ކޯޕަރޭޝަނުން އެކަމުގެ ޝަކުވާ ކުރާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all