Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރައްޔިތުންގެ ޝުއޫރުތަކާއި އުދާސްތައް އެއްތަނަކުން އަޑުއަހާނެ ބިއުރޯތަކެއް ރައީސް އުފަދައްވައިފި

ރައްޔިތުންގެ ޝުއޫރުތަކާއި އުދާސްތައް އެއްތަނަކުން އަޑުއަހާނެ ބިއުރޯތަކެއް ރައީސް އުފަދައްވައިފި
ތަފްޞީލް

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.


ރައީސް އޮފީހުން ބުނީ އެ ދެ ލައުންޖަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ޚިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖު ކަމަށެވެ.


ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައި ކަމަށްވާއިރު، ހުޅުމާލޭގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.


އެ ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ލައުންޖެއް ހުޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ. އެ އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.


ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙުކުރައްވައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާފައެވެ.


މިފަދަ ފުރުސަތެއް ހުޅުވާލުމުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތާއި މެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރުތައް ބަންޑުން ކޮށްލާނެއެވެ. އެހެންކަމުން މިފަދަ ފުރުސަތަކީ ރައްޔިތުން ނުހަނު ބޭނުންވާނެ ފުރުސަތެކެވެ. ނަމަވެސް މިކަން ދެމިއޮންނާނީ ތެދުވެރިކަމާއި އިޚްލާސްތެރި ކަމުގެ ނިޔަތުގައި ރައްޔިތުންގެ ޝުއޫރުތައް ބަލައި ގަނެވިގެންނެވެ.


ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައި ގަންނަވާނެއެވެ. 


Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all