News Featured

ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބޭނެ: އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު

Advertisement
ރަސްމާލެ މަޝްރޫއުގެ މަންފާ ދިވެހި ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބޭނެ: އީގަލް ހިލްސްގެ ޗެއާމަން އަލައްބާރު
Photo: globalnewsinfo
ތަފްޞީލް

ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، ދިވެހި އާންމު ވިޔަފާރިތަކަށާއި ރައްޔިތުންނަށް ސީދާ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް އީގަލް ހިލްސް ކުންފުނީގެ ފައުންޑަރ އަދި ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

 

ޔޫއޭއީގެ ބިލިއަން ޑޮލަރުގެ މަލްޓި-ބިލިއަން މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރާއެކު ސޮއިކުރެއްވުމަށްފަހު ދެއްވި މެސެޖެއްގައި އަލައްބާރު ވިދާޅުވީ، ދުނިޔޭގައި ދިވެހިރާއްޖެ ފަދަ އެހެން އެއްވެސް ގައުމެއް ނެތް ކަމަށާއި، ރާއްޖޭގައި އިގްތިސާދީ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާނީ ދިވެހިންގެ އުއްމީދުތަކާ އެއްގޮތަށް، ދިވެހި މުޖުތަމައަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 

މި މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވީ، ރަސްމާލެއިން ހިއްކާފައިވާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދެނީ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، މެރީނާ އަދި ވިޔަފާރި މަރުކަޒުތައް ތަރައްގީކުރުމަށް ކަމަށެވެ. އަދި މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތަށް ސީދާ އާމްދަނީ ލިބުމުގެ އިތުރުން، ހުޅުމާލޭގައި 5,000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށްވެސް އެ ކުންފުނިން އެއްބަސްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން، މި މަޝްރޫއަށް ބޭނުންވާ މާލީ ވަސީލަތްތަކާއި އިންވެސްޓްމަންޓުތައް ދިވެހި ބޭންކިންގ ނިޒާމުގެ ތެރެއިން ދައުރުވާނެ ކަމަށާއި، ދިވެހި އިންވެސްޓަރުންނާއި ވިޔަފާރިތަކަށްވެސް މި މަޝްރޫއުގައި ބައިވެރިވުމުގެ އިސްކަން ދެވިގެންދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް