News Featured

ރަސްމާލެ މަޝްރޫޢަށް އާ ޤާނޫނީ ނިޒާމެއް؛ ބިދޭސީ އިންވެސްޓްމަންޓަށް އައު މަގެއް ނުވަތަ ބަހުސް އިތުރުވާ ފިޔަވަޅެއް؟

Advertisement
ރަސްމާލެ މަޝްރޫޢަށް އާ ޤާނޫނީ ނިޒާމެއް؛ ބިދޭސީ އިންވެސްޓްމަންޓަށް އައު މަގެއް ނުވަތަ ބަހުސް އިތުރުވާ ފިޔަވަޅެއް؟
ތަފްޞީލް

ރަސްމާލޭ ގައި ހިންގަން ނިންމާފައިވާ "Maldives Waterfront and Marina" މަޝްރޫޢު ހިންގާނީ އެ މަޝްރޫޢު ޚާއްޞަ ޤާނޫނީ ނިޒާމެއް ހަދައި އަދި އެފަރާތާއިއެކު އިތުރު އެއްބަސްވުން ހެދުމަށް ފަހުގައި ކަމަށް ސަރުކާރުގެ ފަރާތުން ބުނެފިއެވެ. އެ ޤާނޫނީ ނިޒާމަކީ މަޝްރޫޢުގެ ބިމާއި، ބިމުގެ ބޭނުން، ލީސްހޯލްޑް މަސައްކަތާއި ބިދޭސީ ޕްރޮޕަޓީ އިންވެސްޓްމަންޓާ ގުޅޭ މައިގަނޑު އުޞޫލުތައް ކަނޑައަޅާނެ ނިޒާމެއް ކަމަށް ބެލެވެއެވެ.

މި ނިންމުން އާއެކު، Eagle Hills އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅޭ ބަހުސްތައް އިތުރުވެގެން ދާނެއެވެ. އެ ކުންފުނީގެ ފަރާތުން ޝާއިޢުކުރި މަޢުލޫމާތުގައި ވާގޮތުން މި މަޝްރޫޢަކީ 12 ބިލިއަން ޑޮލަރު ވަރުގެ ވޯޓަރފްރަންޓް، މަރީނާ، ބްރޭންޑެޑް ރެޒިޑެންސް، ހޮޓެލް، ރިޓޭލް އަދި ކޮމިޔުނިޓީ ސާވިސްތައް ހިމެނޭ ބޮޑު އިންވެސްޓްމަންޓެކެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ބަހުސްކުރެވެނީ، 99 އަހަރުގެ ލީސްހޯލްޑް ޔުނިޓްތައް ވިއްކާނެ ނިޒާމާއި، ޕްރޮޕަޓީ ގަންނަ ކޮންމެ ފަހަރަކު ލީސްގެ މުއްދަތު އަލުން ފަށާނެ ކަމަށް Eagle Hills ބުނެފައިވާ މައްސަލައެވެ.

މި މަޝްރޫޢުގެ ސަޕޯޓްކުރާ ފަރާތްތަކުން ބުނަނީ އާ ޤާނޫނީ ފްރޭމްވަރކަކީ ބޮޑެތި ބިދޭސީ އިންވެސްޓަރުންނަށް ޔަޤީންކަން ދޭ އަދި ބޮޑު ފައިސާ ރާއްޖެއަށް ވައްދާނެ މަގެއް ކަމަށެވެ. އަދި ޓޫރިޒަމް އިޤްތިޞާދަށް އާ ފަންތިތަކެއް ގެނައުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

އެހެންނަމަވެސް، މި މަޝްރޫޢު އާއި ދެކޮޅު ފަރާތުން ބުނަނީ ރަސްމާލެ އަކީ މާލެ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީ އަށް ވަރަށް މުހިންމު ތަނެއް ކަމުން، މި ބިމުގެ ބޮޑު ބަޔެއް ލަގްޒަރީ ޑިވެލޮޕްމަންޓަށް ދިނުމަކީ އަންނަން އޮތް ޖީލުތަކުގެ ހައުސިންގ އާއި އާއްމު ތަރައްޤީގެ ފުރުސަތު ކުޑަކުރާނެ ކަމެއް ކަމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރަސްމާލެއާގުޅޭ ޙަޤީޤީ ބަހުސަކަށް ވާންވީ؛ އިންވެސްޓްމަންޓްގެ ކުޑަބޮޑުމިން ނޫން ކަމަށެވެ. ޙަޤީޤީ ބަޙުސަކީ މިތަނަށް ގޮތެއް ނިންމަންވާނީ "މާލޭ އޭރިޔާގެ އަންނަން އޮތް 50 ނުވަތަ 100 އަހަރުގެ ތަރައްޤީޤީގެ ޕްލޭނުގައި ރަސްމާލެ ބޭނުން ހިފާނެ ގޮތް" މި ބަޙުސްއެވެ. ދުރުރާސްތާ ޕްލޭނެއް އެކަށައެޅުމަށްފަހު އެޕްލޭނުގެ ދަށުން އިންވެސްޓަރުންނަށް ދޭންޖެހޭ ބިން ދިނުމަކީ މައްސަލައެއް ނޫނެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles