Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News
Featured
ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި!
Photo: Maldives Police Service
ތަފްޞީލް
ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ހާޖަރާ މާއިސާ ޢަލީ (26 އަހަރު) - ރ. ދުވާފަރު / ކަބީލާއާގެ
- ޢަބްދުﷲ ޢަލީ (33 އަހަރު) - ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހާޖަރާ މާއިސާ ޢަލީގެ ބަންދަށް 7 ދުވަސް އަދި ޢަބްދުﷲ ޢަލީގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކާއި ޖަމިއްޔާތަކަށް ޑިސެމްބަރު 2 ގެ ނިޔަލަށް ހުޅުވާލައިފި
Ismail Today 5 hours ago 1 0
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކެއްގައި ހަތަރު މީހުން ޝަހީދުވެއްޖެ
Ismail Today 6 hours ago 1 0
ބޭރު މީހުންނަށް "ތާއަބަދަށް" ބިން ލިބޭ ގޮތަށް އޮތް ރިއަލް އެސްޓޭޓް ބިލަށް އިލްމުވެރިންގެ ގުޅުމުން 19 އިސްލާހެއް ހުށަހަޅައިފި
Ismail Today 6 hours ago 3 0
