Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ތިން މީހަކު 104 ގުރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ތިން މީހަކު 104 ގުރާމުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
Photo: Police
ތަފްޞީލް

 ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.


ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހުގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި ޚާއްޞަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:

  • ޠަލްޙަތު ނަސީމް (40އ) — މަލަ / ރ. މާކުރަތު
  • އަޙްމަދު ޝާފިޢު (23އ) — ފަލަކު / ރ. މާކުރަތު
  • އިސްމާޢީލް ރަޝީދު (46އ) — ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި މާކުރަތަށް ފައިބައިގެން އުޅެނިކޮށް އެ ރަށު ބަނދަރު ސަރަހައްދުންނެވެ. އަދި އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި،


މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 104 ގުރާމް ހުއްޓެވެ.


ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ

އަމުރު ނެރެފައެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all