Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ ހަތަރު ދުވަހުގެ ތެރޭގައި 800 އަށްވުރެ ގިނަ މެންބަރުން ވަކިވެއްޖެ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ ހަތަރު ދުވަހުގެ ތެރޭގައި 800 އަށްވުރެ ގިނަ މެންބަރުން ވަކިވެއްޖެ
Photo: sun
ތަފްޞީލް

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ ހަތަރު ދުވަސް ތެރޭގައި، އެ ޕާޓީން 800 އަށްވުރެ ގިނަ މެންބަރުން ވަކިވެ، ޖުމުލަ މެންބަރުންގެ އަދަދު އަލުން އެއްލައްކައަށްވުރެ ދަށަށް ހިނގައްޖެއެވެ.


އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޕީއެންސީގެ ދަފްތަރުގައި 100،083 މެންބަރުން ތިބި ނަމަވެސް، 24 ގަޑިއިރު ނުވަނީސް އެ އަދަދު ވަނީ އެއްލައްކައަށްވުރެ ދަށަށް ގޮސްފައެވެ. އެވްރެޖްކޮށް ދުވާލަކު 200 އަށްވުރެ ގިނަ މެންބަރުން ޕާޓީން ވަކިވަމުންދާއިރު، މިހާރު އެ ޕާޓީގައި ތިބީ 99،214 މެންބަރުންނެވެ.


ޚަބަރުގައިވާ ގޮތުން، ޕީއެންސީގެ މެންބަރުންގެ އަދަދު މިހާ ބާރުމިނުގައި ދަށަށް ދާން ފަށާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނާއި ފައިސާ ދީގެން ޕާޓީއަށް މެންބަރުން ވެއްދި ކަމަށް ބުނާ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް އަމާޒުވާ ފާޑުކިޔުންތައް އިތުރުވެ، މަޤްބޫލުކަން ދަށްވަމުންދާ ކަމަށް ބުނާ ވަގުތެއްގައި މި ބަދަލު އަންނަކަން ވަނީ ފާހަގަކޮށްފައެވެ.


މި ދަނޑިވަޅުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއް ކަމަކީ ރަސްމާލޭގެ ބޮޑު ސަރަޙައްދެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ ނިންމުމެވެ. އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލައްބާރަކީ އިސްރާއީލާ ގާތް ގުޅުމެއް ބާއްވާ ފަރާތެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.


އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެއްވެސް ކުއްޔަކާ ނުލައި ރަސްމާލޭގެ ބިން ދޫކުރުމަށް ނިންމާފައިވާއިރު، އޭގެ ސަބަބުން މުސްލިމް ނޫން ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރުން މަނާކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން "ހުސްނުވާ 99 އަހަރަށް" ބޭރު މީހުންނަށް ރަސްމާލެއިން ފްލެޓާއި ވިލާ ގަނެވޭނެ މަގު ފަހިވާ ކަމަށާއި، މިއީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށް ޤާނޫނީ މާހިރުން ފާހަގަކުރައްވާ ކަމަށް ރިޕޯޓުގައިވެއެވެ.


މި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީ، ޕީއެންއެފް، ޤައުމީ ޙަރަކާތް އަދި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ދަނީ ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެ ފަރާތްތަކުން ގޮވާލަމުންދަނީ ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އަދި މިކަމާ ގުޅޭ ޤަރާރެއް އެމްޑީޕީގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all