World Featured

ޕާކިސްތާނުގެ ސުކޫލެއްގެ ފުރާޅު ވެއްޓި 34 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ!

Advertisement
ޕާކިސްތާނުގެ ސުކޫލެއްގެ ފުރާޅު ވެއްޓި 34 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ!
The Guardian
ތަފްޞީލް

ޕާކިސްތާނުގެ އުތުރުގައިވާ ޕެޝާވަރުގައި ހުންނަ އަމިއްލަ ސުކޫލެއްގެ އިމާރާތުގެ ފުރާޅު ވެއްޓި، މަދުވެގެން 34 ކުޑަކުދިންނާއި ޓީޗަރަކު މަރުވެ، ގިނަ އަދަދެއްގެ ކުދިންނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.


މި ހާދިސާ ހިނގާފައިވަނީ "އަލްޚައިރު އެޑިއުކޭޝަން ސެންޓަރު" ގައި ހެނދުނުގެ ކްލާސްތައް ކުރިއަށް ދަނިކޮށެވެ. މަރުވި ކުދިންގެ އުމުރަކީ ގާތްގަނޑަކަށް 6 އަހަރާއި 13 އަހަރާ ދެމެދެވެ. ހާދިސާ ހިނގި ވަގުތު އިމާރާތުގެ އެކި ކްލާސްރޫމްތަކުގައި 100 އަށްވުރެ ގިނަ ދަރިވަރުން ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.


އިމާރާތުގެ ފުރާޅު ވެއްޓުމާއެކު ރެސްކިއު ޓީމުތަކާއި އާންމުން ގުޅިގެން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސުކޫލުގެ ކޮންކްރީޓް ކުނިތަކުގެ ދަށުން 40 އަށްވުރެ ގިނަ ކުދިން ސަލާމަތްކޮށް، އަނިޔާވި ކުދިންނަށް ފަރުވާ ދިނުމަށް ވަނީ ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.


.ފުރާޅު ވެއްޓި މަރުވި ކުދިންގެ ކަށުނަމާދުގައި ޝަހުސިއްޔަތުންނާއި އާއިލާތަކުން ބައިވެރިވުން


ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އިމާރާތުގެ ބިންގާ ބަލިކަށިވެފައި ވަނިކޮށް، ފުރާޅުމަތީގައި އިތުރު އިމާރާތްކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ސަބަބުން އިމާރާތަށް ނުއުފުލޭވަރުގެ ބާރު ބޮޑުވުމުންނެވެ. މި މައްސަލައާ ގުޅިގެން ސުކޫލުގެ ވެރިޔާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ވަނީ ފުން ހާމެއް ފާޅުކުރައްވައި، މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް