ޕާކިސްތާނުގައި ބާއްވާ ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް އިންޓަރނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ހުށަހެޅުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
އަންނަ ނޮވެމެބަރު މަހުގެ 23 ން 27 ށް އިސްލާމް އާބާދުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ ފުރުޞަތެއް ކަމުގައިވާތީ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން ބައިވެރިއަކު ހޮވާނީ އިމްތިހާނެއް ބާއްވައިގެން ކަމަށް ކިރިތި ޤްރުއާނާ ބެހޭ މަރުކައުން މައުލޫމާތު ދެއްވައެވެ.
ޕާކިސްނާނުގައި ބާއްވާ މި މުބާރާތުގައި ބައިވެރިއަކު ހޮވުމަށް ބައްވާ އިމްތިހާނުގައި ބަލާނީ ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި ކިޔެވުމުގެ ހުނަރާއި އަދި އަޑަށާއި ރާގަކަށް ކަމަށްވެސް އެމަރުކަޒުން މައުލޫމާތު ދެއްވައެވެ. ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތަތުގެ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދު މީހަކަށް ވުމާއި ތަޖުވީދުގެ ހަމަތަކާއެކު މުޖައްވަދުކޮށް ކީރިތި ޤުރްއާން ކިޔަވަން އެނގުމާއި ޤިރާއަތްތަކަށް ކިޔަވަން އެނގުން ހިމެނެއެވެ.
ޤްރުއާނާ ބެހޭ ޤައުމީ މަރުކަޒުން މައުލޫމާތު ދެއްވައި ގޮތުގައި މި މުބާރާތުގައި ބައިވެރިވާ ފަރާތަށް ޕާކިސްތާނަށް ދިޔުމާއި އައުމުގެ ޓިކެޓާއި، ޕާކިސްތާނުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން ހާމަކުރެއެވެ.
